ޓުއަރިޒަމް

7 ރަށެއްގެ ލީސް އެގްރިމެންޓް ބާތިލް ކޮށްފި


ރިސޯޓްތަކާއި ހޮޓާ ފަދަ ތަންތަން ތަރައްގީ ކުރުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ރަށްތަކުގައި އަމަލީ މަސައްކަތް ކުރިއަށް ނުދާތީ އެތަންތަނުގެ ލީސް އެގްރީމަންޓްތައް ޓޫރިޒަމް މިނިސްޓްރީން ބާތިލްކޮށްފިއެވެ.އެރަށްތަކަކީ،ތ.ކަޅުފަހަލަފުއްޓާއި ނ. ރާފުއްޓާއި، ހދ. ހޮނޑާފުއްޓާއި، ގއ. ކޮނޑޭމަތީލާބަދޫ އާއި،ގއ. ވޮޑަމުލާ އާއި،ހދ. ކުޑަމުރައިދޫ އާއި ބ. މުތާފުއްށި.ޓޫރިޒަމް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރިސޯޓް، ހޮޓާ ފަދަ ތަންތަން ތަރައްގީ ކުރުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ އެރަށްތައް ހަދަން ބޮޑެތި އިނާޔަތްތައް ސަރުކާރުން ދިން ނަމަވެސް ކޮންސެޝަންގެ ދަށުން ކުރަންޖެހޭ ކަންކަން ނިންމާފައި ނުވާތީ ލީސް އެގްރީމަންޓްތައް ބާތިލްކުރީ ކަމަށެވެ. މީގެއިތުރުން ގަވާއިދުން ސަރުކާރަށް ކުލި ނުދައްކާ ދިހަ ރިސޯޓެއްގެ ހުއްދަ ބާޠިލް ކުރުމަށް ނިންމާ ކުލި ދެއްކުމަށް ދިހަ ދުވަހުގެ މުއްދަތެއްވެސް ސަރުކާރުން ވަނީ ދީފައެވެ.ގަވާއިދުން ކުލި ނުދައްކާ ރިސޯޓްތަކުން ޖޫރިމަނާ ފައިސާ މި މަހުގެ އަށާރަ ވަނަ ދުވަހުގެ ނިޔަލަށް ދެއްކުމަށް ވެސްވަނީ ނޯޓިސް ދީފައެވެ. އެގޮތުން ނޯޓިސް ދީފައިވަނީ ފ.ފިލިތެޔޮ ރިސޯޓާއި، މ. މެދުފުށި ރިސޯޓާއި، މ. ކުޑަފުނަފަރާއި، އދ. ކުޑަރަށާއި،ހއ. އަލިދޫ ރިސޯޓާއި،ހއ. ބީނާފުއްޓާއި،އއ. މަޑޫގަލި ރިސޯޓާއި، ޅ. ކަނިފުށި އައިލެންޑް ރިސޯޓާއި،އއ. ވެލިދޫ އާއިބ. ކިހާދުއްފަރު ރިސޯޓްޓޫރިޒަމް މިނިސްޓްރީން ބުނީ މިރަށްތަކުގެ ކުލި ނުދައްކާ ނުވަތަ ޖޫރިމަނާ ފައިސާ އެމުއްދަތުގައި ނުދައްކާނަމަ އެތަންތަނުގެ އެގްރިމެންޓް ބާޠިލްކޮށް އެރަށްތައް ސަރުކާރަށް ނަގާނެ ކަމަށެވެ.