ޝަރުއީ ދާއިރާއަށް ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ މުސްތަގިއްލުކަން ރައްކާތެރިކޮށް އެ ދާއިރާގެ ކޯޓުތައް އިތުރަށް ހަރުދަނާކޮށް މިނިވަން ކުރުމަށް މަޝްވަރާ ކުރުމަށް ޤައުމީ މަހާސިންތާއެއް ބާއްވަން ނިންމާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑީޖޭއޭއިން ވިދާޅުވެއްޖެއެވެ.
ޝަރުއީދާއިރާއިން ކުރަން ނިންމާފައިވާ ކަންތައްތަކާއި ގުޅޭ މަޢުލޫމާތު ދެއްވަމުން ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑީޖޭއޭގެ އެޑްމިނިސްޓްރޭޓަރ ޑރ.ޢަބްދުﷲ ނަޒީރު ވިދާޅުވީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ އިސްނެންގެވުމާއެކު ޝަރުއީ ދާއިރާގައިހުރި މައްސަލަތައް ހައްލުކުރުމަށާއި އެދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާ ކުރުމަށް އެދާއިރާއާ ގުޅުންހުރި ހުރިހާ ފަރާތްތައް ހިމަނައިގެން ޤައުމީ މަހާސިންތާއެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.
ޑރ.ޢަބްދުﷲ ނަޒީރު ވިދާޅުވިއެވެ.
ނަޒީރު ވިދާޅުވީ، ދައުލަތުގެ ތިން ބާރުގެ ތެރޭގައިވެސް ހައްލުކުރަންޖެހޭ ކަންކަން ހުންނާނެ ކަމަށާއި، އެގޮތުން މިހާރުވެސް އެފަދަ ކަންކަން އިސްލާހު ކުރުމުގެ މަސައްކަތް ފަށާފައިކަމަށެވެ. އަދި ދާއިރާގެ ސްޓޭކް ހޯލްޑަރުންނާއެކު މަހާސިންތާއެއް ބާއްވަން ނިންމީވެސް އެދާއިރާ ހަރުދަނާ ކުރުމަށް މަޝްވަރާ ކުރަން ކަމަށާއި އޭގެ އިތުރުން ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކޮށް، ފަސޭހަ ކަމާއެކު ޢަދުލު އިންސާފު ލިބިދިނުމާއި، ވަކިކޮޅަކަށް ނުޖެހި ނުފޫޒުން ބޭރުން ކަންކަން ކުރުން އެއީ މަހާސިންތާ ބޭއްވުމުގެ ބޭނުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ނަޒީރު ވިދާޅުވިއެވެ.
ޝަރުއީ ދާއިރާއިން ވަނީ އެދާއިރާގައި ހުރި އެއްވެސް ކަމެއް ރަނގަޅު ކުރަން ފެންނަނަމަ އެކަމެއް އާންމު ރައްޔިތުންނާއި ޙިއްސާކުރުމުގެ ކުރިން އެދާއިރާގެ ކަމާއި ގުޅުންހުރި ތަންތަނަށް އެކަމެއް ހުށަހެޅުމަށް އިލްތިމާސްކޮށްފައެވެ.