ޚަބަރު

ބްރިޖް ބަހުގެ ޙިދުމަތް އެންމެފަހުން އެމްޓީސީސީގެ ދަށަށް


މާލެއާއި ހުޅުލެ އަދި ހުޅުމާލެއާއި ދެމެދު ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް އެމްޕީއެލުން ގެނެސްފައިވާ ބަސްތައް އެމްޓީސީސީގެ ދަށަށް ބަދަލުކުރުމަށް ޓްރާންސްޕޯރޓް މިނިސްޓްރީން ނިންމައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާ ވިދާޅުވީ، މާލެއާއި ހުޅުލެ އަދި ހުޅުމާލެއާއި ދެމެދު ބަހުގެ ޙިދުމަތް ދެ ކުންފުންޏަކުން ދެމުންދާތީ ޚިދުމަތް ހޯދުމަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަމުގެ ޝަކުވާ ލިބިފައިވާކަމަށެވެ.

މިކަން ހުދު މިނިސްޓަރު އަމިއްލަފުޅަށްވެސް ތަޖުރިބާކުރެއްވިކަން ފާހަގަކުރައްވަމުން މިނިސްޓަރު ނަހްލާ ވިދާޅުވީ، މާލެއާއި ހުޅުލެ އަދި ހުޅުމާލެއާއި ދެމެދު ދަތުރުފަތުރުގެ ޚިދުމަތް އެއް ކުންފުންޏަކުން ދެމުންދާނަމަ މިހާރު ކުރިމަތިވާ މައްސަލަތައް ހައްލުވާނޭކަމަށް ޤަބޫލުކުރެއްވޭކަމަށެވެ. އެހެންކަމުން ބަހުގެ ޚިދުމަތް ދިނުމަށް އެމްޓީސީސީއާ ހަވާލުކުރުމަށް ނިންމާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"
ބަހުގެ ހިދުމަތް އެމްޕީއެލްއާ އެމްޓީސީސީއާ، ދެ ކުންފުނިން ދެމުންދާތީ ރައްޔިތުންނަށް އެކަމުގެ އުނދަގޫތަކާއި ކުރިމަތިވޭ. އަޅުގަނޑުމެންގެ ވިސްނުން މި ހުރީ ކޮންމެވެސް އެއް ކުންފުންޏަކާއި މިކަން ހަވާލުކުރަން. އެގޮތުން އެމްޓީސީސީގެ ދަށަށް ބަހުގެ ހިދުމަތް އެއްކޮށް ބަދަލު ކުރަން މިހާރު ވަނީ ނިންމާފަ
ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހްލާ

މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މިނީ ބަސް ތައާރަފްކޮށް ޚިދުމަތް ދެމުންގެންދާނޭކަމަށާއި، މި ބަސްތައް ވެގެންދާނީ ތިމާވެއްޓާއި ރައްޓެހި ބަސްތަކަކަށްކަމަށެވެ. މިކަމާއި ގުޅިގެން އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރު ނަހްލާ ވިދާޅުވީ ރިންގް ރޯޑުގައި ހަދާފައިވާ ބަސް ޓޮޕްތަކުގައި މިހާރު އާއްމުން ކޮޅަށް ތިބެންޖެހުނު ނަމަވެސް، އަވަސް މުސްތަޤްބަލެއްގައި މިކަމަށްވެސް ހައްލެއްގެންނާނޭކަމަށެވެ.