ޚަބަރު

ބިރުދެއްކުމާއި އިންޒާރުދޭ މައްސަލަތައް ފުލުހުން ބަލަން ފަށައިފި


މިހާރަކަށް އައިސް ސޯޝަލްމީޑިއާގެ އެކި ވަސީލަތްތަކުގައި ދެކެވޭ ވާހަކަތަކުގައި މީހުންނަށް ބިރުދެއްކުމާއި އިންޒާރުދިނުމުގެ ޢަމަލުތައް ފާހަގަވަމުންދާކަމަށާއި، އެކަންކަން ތަޙްޤީގުކުރަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ހާމަކުރައްވައިފިއެވެ.

ފުލުހުން މިރޭ ކުރި ޓުވީޓެއްގައި ބުނެފައިވަނީ މުޖުތަމައުގައި ރުޅިވެރިކަމާއި ފިތުނަވެރިކަން އުފެދޭފަދަ ވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާކުރުމާއި، އަދި އެކަމާއި ގުޅިގެން ފާޅުކުރާ ޝުޢޫރުތަކުގައި މީހުންނަށް އިންޒާރުދިނުންފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކުރާކަމަށެވެ.

ބިރުދެއްކުމާއި އިންޒާރުދެނީ ކޮން ބަޔަކަށްކަން ނުވަތަ ކޮންކަމަކާއި ގުޅިގެންކަން ފުލުހުން ހާމަކޮށްފައެއްނުވެއެވެ.

ފުލުހުންގެ ޓްވީޓު:

ފުލުހުން މިގޮތަށް ބުނެފައިމިވަނީ ފަހަކަށް އައިސް ސޯޝަލް މީޑިއާގެ އެކި ވަސީލަތްކުގައި ދީނީ ގޮތުންނާއި އިޖްތިމާޢީ ގޮތުން މުޖުތަމަަޢުގައި ޚިޔާލުތަފާތުވުމާއި، ރުޅިވެރިކަން އުފެދޭފަދަ ޕޯސްޓްތައް ޝާޢިއުކޮށް އެކަންކަމަށް ގިނަ ފަރާތްތަކުން ހިންހަމަނުޖެހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.