ޚަބަރު

ދެކުނުގެ ބައެއް އަތޮޅުތަކަށް ވައިޓް އެލަރޓް ނެރެފި


ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން، ވައިޓް އެލަރޓް ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާއިން ވައިޓް އެލަރޓް ނެރެފައި ވަނީ ތ. އަތޮޅުން ފެށިގެން ސ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. ވައިޓް އެލަރޓް ނެރެފައިވަނީ މިރޭ 19:00 ގެ ނިޔަލަށެވެ.

މެޓް އޮފީހުން ނެރުނު އެލާރޓްގައި ބުނެފައިވަނީ ތ. އަތޮޅާއި ސ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އަދި އެސަރަޙައްދަށް ކޮޅިގަނޑުގައި 40 މޭލަަށް ވައިގަދަވާނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް 7 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭ ކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.

މީގެ އިތުރުން އުތުރާއާއި މެދުތެރޭގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭއިރު ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.