ސިޔާސީ

މޫސާ މަނިކު ރައީސް ޞާލިޙާ ބައްދަލުކުރައްވައިފި


ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް މޫސާމަނިކު ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙާ ބައްދަލުކުރައްވައިފިއެވެ.

މޫސާ މަނިކު ވަނީ ރައީސް ޞާލިޙާ ބައްދަލުކުރައްވާ ނަންގަވާފައިވާ ފޮޓޯއެއް ޓްވީޓުކޮށްފައެވެ. ނަމަވެސް މި ބައްދަލުވުމާގުޅޭ އެއްވެސް މައުލޫމާތެއް މޫސަ ހާމަކުރައްވާފައެއް ނުވެއެވެ.

ކުރީގެ އެމްޑީޕީގެ ޗެއަރ ޕާރސަން މޫސާ މަނިކު މިދިޔަ ރިޔާސީ އިންތިޚާބާ ދިމާކޮށް ޕީޕީއެމާ ގުޅި، އިދިކޮޅު އެމްޑީޕީއަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައިވެއެވެ. ރިޔާސީ ކެމްޕޭން ތެރޭގައި މޫސާ މަނިކުވަނީ ރައީސް ޔާމީނަށް ތާއީދުކޮށް، ކެމްޕޭންގައި އިސް ސަފުގައި މަސައްކަތްކޮށްފައެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީއާއެކު މޫސާ މަނިކުވަނީ ޕީޕީއެމުން ވަކިވެވަޑައިގެންފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް މޫސާ މަނިކުވަނީ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ކެނޑިޑޭޓެއް ގޮތުގައި ވާދަކުރެއްވުމަށް ނިންމަވާފައެވެ.