ޚަބަރު

މަރުވެފައި އޮތްވާ ފެނުނު މީހާގެ ހަށިގަނޑު ވަޅުލައިފި


މަރުވެފައި އޮތްވާ ހދ. ނާވާއިދޫއަށް މިއަދު ލެއްގި މީހާގެ ހަށިގަނޑު މިހާރު ވަޅުލައިފި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މަރުވެފައި އޮތްވާ ފެނުނު މީހާގެ ހަށިގަނޑު ނާވައިދޫ ކައިރީގައި އޮންނަ ހދ. ހިރިނާދޫ ކިޔާ ފަޅުރަށެއްގައި މިއަދު ހަވީރު ވަޅުލާފައިވާ ކަމަށެވެ. ހދ. ނާވާއިދޫއަށް މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ލައްގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރު ބާރަޖަހާކަންހާއިރު ކަމަށް ފުލުހުން ބުނެއެވެ. ލައްގާފައިވަނީ ކާކުގެ ހަށިގަނޑެއްތޯ ބެލުމަށް އެއްވެސް ތަހުލީލެއް ކުރިކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގެ ރަށްރަށަށް ދޭތެރެ ދޭތެރެއިން މަރުވެފައިވާ މީހުންގެ ހަށިގަނޑު ލައްގައެވެ.