ސިޔާސީ ވިސްނުމަށް ބަދަލު ނާންނަ ކަމަށާއި އަދިވެސް ހުރީ ރައީސް ޔާމީންގެ ސިޔާސަތުތަކަށް ތާއީދުކުރައްވާ އިޚުލާސްތެރި މެންބަރެއްގެ ގޮތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފަލާހް ވިދާޅުވީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޓްވީޓެއްގެ ސަބަބުން ޕީޕީއެމްގެ ޢާންމު މެންބަރުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށާ، އެކި ފާޑުކިޔުންތައްވެސް އަމާޒުވެފައިވާ ކަމަށެވެ.
"ސޯޝަލް މީޑިއާގައި އަޅުގަނޑުގެ ނަމުގައި ތިން ހަތަރު ފޭކް އެކައުންޓް ހަދައިގެން އުޅެނީ. ފޭކް އެކައުންޓަކުން ޓްވީޓެއްކޮށްގެން އެކަމާ ޕާޓީތެރޭގައި ވެސް މެންބަރުންގެ ތެރޭގައި ވެސް ކަންބޮޑުވުން އެބަހުރި. މެންބަރުންތައް ތިބީ ވަރަށް ކަންބޮޑުވެ ހިތްހަމަނުޖެހިފައިއިބްރާހީމް ފަލާޙް
ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބަކީ ރާއްޖޭގެ ސިޔާސީ މަޝްރަހުން ފެނުނު އެންމެ އުންމީދީ ލީޑަރު ކަމަށްބުނެ ފަލާޙްގެ ނަމުގައި ހަދާފައިވާ އެކައުންޓަކުން ކޮށްފައިވާ ޓްވީޓާގުޅޭގޮތުން މެމްބަރު ފަލާޙް ވިދާޅުވީ އެއީ އޭނާގެ ޓްވީޓެއް ނޫންކަމަށެވެ. އަދި
ސޯޝަލް މީޑީއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން އޭނާގެ ނަމުގައި ހަދާފައިވާ ގިނަ އައިޑީތަކެއް ދައުރުވަމުންދާ ކަމަށާ އެފަދަ އެކައުންޓްތަކުން ބުނާއެއްޗެއްގެ ސަބަބުން ޕީޕީއެމްގެ ޢާންމު މެމްބަރުންނާއި ޕާޓީ ތެރޭގައި ކަންބޮޑުވުން އުފެދިގެން ނުވާނެކަމަށެވެ.
ޕީޕިއެމުން ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕްރައިމަރީއަކާ ނުލައި ފަލާހަށް އެ ޕާޓީގެ ޓިކެޓް ދީފައެވެ.