ވިސްނުންފުޅަކީ އިތުރު ޚިދުމަތްތަކެއް ތަޢާރަފުކުރުމުގެ ބަދަލުގައި ބެލުންތެރިންނާއި އެހުންތެރިން ގަޔާވާފަދަ ފެންވަރު ރަނގަޅު ކޮންޓެންޓް އުފެއްދުންކަމަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ މެނޭޖިންގް ޑިރެކްޓަރ ޢަލީ ޚާލިދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތާއެކު ރާއްޖޭގައި ބްރޯޑްކާސްޓިންގެ ޚިދުމަތް ފެށިތާ ފަންސާސް ހަ އަހަރު ފުރޭ މުސާބަތާގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުގައި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ މެނޭޖިންގް ޑިރެކްޓަރ ޢަލީ ޚާލިދު ވިދާޅުވީ، ވޭތުވެ ދިޔަތަނުގައި ޕީއެސްއެމްގެ ކަންކަން ހިނގާފައިވާގޮތުގެ ސަބަބުން ރައްޔިތުންގެ މެދުގައި މި ކުންފުނީގެ މަޤުބޫލުކަން ކުޑަވެފައިވާކަށެވެ. އެހެންކަމުން ވޭތުވެ ދިޔަތަނުގައި ހަދާފައިވާ ގޯސްތަށް ރަނގަޅުކޮށް، މިދައުރުގައި އެންމެ އިސްކަމެއްދީގެން ކުރަން އަމާޒުކުރާ މަސައްކަތްތަކަކީ ހުރިހާ ޢުމުރުފުރާއެއްގެ އެހުންތެރިންނާއި ބެލުންތެރިން ގަޔާވާފަދަ ޕްރޮގްރާމްތަކެއް އުފެއްދުމަށެވެ.
ޕީއެސްއެމްއަކީ ރައްޔިތުންގެ ޚިދުމަތުގައި ވަކިފަރާތަކަށްނުޖެހި މިނިވަން ނޫސްވެރިކަމެއް ކުރާ ކުންފުންޏެއްގެ ގޮތުގައި ކުރިއެރުވުމަށް ޕްލޭންތަކެއް އެކުލަވާލައި ތަރައްޤީކުރުމުގެ މަސައްކަތް ކުރައްވަމުންދާކަން ފާހަގަކުރައްވަމުން އަލީ ޚާލިދު ވިދާޅުވީ، ވިސްނުންފުޅަކީ ގިނަ ޗެނަލްތަކެއް އުފެއްދުމުގެ ބަދަލުގައި ފެންވަރު ރަނގަޅު އުފެއްދުންތަކެއް ވުޖޫދަށް ގެނައުން ކަމަށެވެ.
ޢަލީ ޚާލިދު ވިދާޅުވިއެވެ.
ޕީއެސްއެމްއަކީ ރައްޔިތުންގެ މީޑިއާކަށް ހަދާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވާފައިވުމަކީ ރާއްޖޭގެ މީޑިއާ ދާއިރާގެ މިނިވަންކަން ޔަޤީންވެގެން ގޮސްފައިވާކަން ޕީއެސްއެމްގެ މެނޭޖިންގް ޑިރެކްޓަރ ޢަލީ ޚާލިދު ފާހަގަކުރެއްވިއެވެ.
ޕީއެސްއެމްގެ ދަށުން ހިންގަމުންދާ މައި ރޭޑިއޯ ޗެނަލް އަދި ރާއްޖޭގެ ފުރަތަމަ ބްރޯޑްކާސްޓަރ ދިވެހިރާއްޖޭގެ އަޑުގެ 56ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު، ދުވަހުގެ މުނާސަބަތުގައި މެނޭޖިންގް ޑިރެކްޓަރ ޢަލީ ޚާލިދުވަނީ ދިވެހިރާއްޖޭގެ އަޑުގެ މުޢައްޒަފުންނާއި، އެހުންތެރިންނަށް ތަހުނިޔާ ވިދާޅުވެފައެވެ.
ޢަލީ ޚާލިދު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އަޑުގެ 56ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭޑިއޯ ބިލްޑިންގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވެއެވެ. އަދި ދުވަހާ ގުޅުވައިގެން ޚާއްސަ ޝޯތަށް މުޅި ދުވަހަށް ދެމިގެންދާގޮތަށް ރޭޑިއޯ ބިލްޑިންގެ ސެނެކޯ މާލަމްގައި ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ.