ޚަބަރު

އެމްޑީޕީގެ ޕްރައިމަރީއަށް ރަޖިސްޓްރީ ވުމުގެ މުއްދަތު އިތުރުކޮށްފި


ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓް ދޭނެ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީއަށް ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އެމްޑީޕީން ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެޕާޓީގެ ފަރާތުން ވާދަކުރާނެ ފަރާތްތަކެއް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރާ ފަރާތްތަކަށް ރީ-ރީރަޖިސްޓްރޭޝަން ކުރުމަށް ހުޅުވާލި މުއްދަތު މާދަމާގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް ފޯމު ހުށަހަޅުމަށް ކަނޑައެޅި މުއްދަތު މިދިޔަ ބުދަ ދުވަހަށް ވަނީ ހަމަވެފައެވެ. މި މުއްދަތުގައި 280 ފަރާތަކުން ވަނީ ޕްރައިމަރީގައި ވާދަކުރުމަށް ފޯމު ހުށަހަޅާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 87 ދާއިރާއަށް ވާދަކުރަން އެމްޑީޕީގެ ޤައުމީ މަޖިލީހުން ފާސްކޮށްފައިވާއިރު، އެޕާޓީގެ ޓިކެޓްގައި ވާދަކުރާނެ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ 18 ވަނަ ދުވަހު ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.