ޚަބަރު

މަދަނީ ޖަމިއްޔާތަކުގެ ފެއަރއެއް ބާއްވަނީ


މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ފަރާތުން މަދަނީ ޖަމްޢިއްޔާތަކުގެ ފެއަރއެއް ބޭއްވުމާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ޖަމްޢިއްޔާތަކަށް ހުޅުވާލައިގެން ބޭއްވި މިބައްދަލުވުމަކީ، މަދަނީ ޖަމްޢިއްޔާތަކުގެ މަސައްކަތް އާންމުންނާ ޙިއްޞާކޮށް، އާ މެމްބަރުން ހޯދައި، ކުންފުނިތަކަށް ދަޢުވަތުދީގެން އެއްތަނަކުން ޖަމްޢިއްޔާތަކުގެ އެކި މަޝްރޫޢުތަކަށް ފަނޑްހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ މަގުފަހިކޮށްދިނުމަށްޓަކައި އެކަމާގުޅޭ މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

ސްޓެލްކޯ މާލަމުގައި ކުރިއަށް ގެންދިޔަ މިބައްދަލުވުމުގައި ބައިވެރިވި ޖަމްޢިއްޔާތަކަކީ މި ފެއަރ ބާއްވާނެގޮތާއި މެދު ޚިޔާލު ހުށަހަޅައި ފެއާރގެ ކަންކަމުގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ހުރިހާ ޖަމްޢިއްޔާތަކަށް ހުޅުވާލުމުން އެކަމަށް ކުރިމަތިލި ފަރާތްތަކެވެ. މިބައްދަލުވުމުގައި މަދަނީ ޖަމްޢިއްޔާތަކުގެ ފެއަރ ކުރިއަށް ގެންދާނެގޮތާމެދު ޚިޔާލުހުށަހަޅައި ފެއާރގެ ކަންކަމުގައި ހަރަކާތްތެރިވާން ބޭނުންވާ ޖަމްޢިއްޔާތަކުން، ނަންތައްހުށަހެޅުމަށް ހުޅުވާލުމުން އެކަމަށް ގިނަޖަމްޢިއްޔާތަކުންވަނީ ނަންތައް ހުށަހަޅާފައެވެ.

މިބައްދަލުވުމުގައި ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން ޢަބްދުﷲ އާއި، ހޯމް މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.

މަދަނީ ޖަމްޢިއްޔާތަކުގެ ފެއަރ އެއް ބޭއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.