ޚަބަރު

ރައީސް ޞާލިޙް ރ. ދުވާފަރަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރ.ދުވާފަރަށް ވަޑައިގެންފިއެވެ. ރައީސް ޞާލިޙު ދުވާފަރަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުންވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ، ރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ދުވާފަރުގައި ބާއްވާ ޚާއްޞަ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސްގެ މި ދަތުރުފުޅުގައި، ކުޑަދޫ އައިލެންޑް ރިޒޯޓަށް ވަޑައިގެން އެރިޒޯޓް ރަސްމީކޮށް ހުޅުއްވައިދެއްވާނެއެވެ. މީގެ އިތުރުން ހެނބަދޫއަށް ވަޑައިގެން އެރަށުގެ ނަރުދަމާ ނިޒާމުގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.