ޚަބަރު

ޕީއެންސީ އުފެއްދުމަށް އަލުން ހުށަހަޅައިފި


ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަލަށް އުފައްދަވާ ސިޔާސީ ޕާޓީ "ޕީޕަލްސް ނޭޝަނަލް ކޮންގްރެސް" ޕީއެންސީ އުފެއްދުމަށް އަނެއްކާވެސް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައިފިއެވެ.

ޕީއެންސީގެ ނަމުގައި ރައީސް ޔާމީން އިސްވެ ހުންނަވައި އުފައްދަވާ ޕާޓީ އުފެއްދުމުގެ ހުއްދައަށް ޢަބްދުއްރަޙީމް ޢަބްދުﷲ އެދުނީ ޕީޕީއެމްގެ މެމްބަރެއްކަމަށްވާތީ، އެހުއްދަ ނުދޭން އިލެކްޝަންސް ކޮމިޝަނުން ނިނެމެވުމުން ޕީޕީއެމްގެ ނާއިބުރައީސްގެ ގޮތުގައި ހުންނެވި ޢަބްދުއްރަހީމް ޢަބްދުﷲ ވަނީ ޕީޕީއެމުން ވަކިވެވަޑައިގެން ޕީއެންސީ އުފެއްދުމަށް އަލުން ފޯމް ހުށަހަޅުއްވާފައެވެ.