އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވި އެގާރަ ހާހަށްވުރެ ގިނަ މެމްބަރުން ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްޑީޕީއާ ގުޅިފައިވާ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއެކު ސަރުކާރު ކޯލިޝަނުގައި ހިމެނޭ ހަތަރު ޕާޓީގެ ލީޑަރުންގެ މެދުގައި ހޮޓެލް ޖެންގައި ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ކުރީގެ ރައީސް އަދި އެމްޑީޕގެ ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމަށްޓަކައި އެޕާޓީގެ ޕްރައިމަރީ ބާއްވަން ނިންމުމާއެކު އެމްޑީޕީއަށް ވަންނަ މެމްބަރުންގެ ޢަދަދު ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާއަށްފަހު، އެމްޑީއާ ގުޅޭ ފަރާތްތަކުގެ ޢަދަދު ދަނީ ވަރަށް ބޮޑުތަން އިތުރުވަމުން ކަމަށާ އެގޮތުން އެ ޕާޓީއާ ގުޅުނު މެމްބަރުންގެ އަދަދު ތިރީސް ހަތަރު ހާހަށްވުރެ ގިނަ ކަމަށެވެ. އަދި އޭގެ ތެރެއިން އެގާރަ ހާސް މެމްބަރުންނަކީ އިދިކޮޅު ޕީޕީއެމްގެ މެމްބަރުންގެ ތެރެއިން އެ ޕާޓީއަށް ބަދަލުވި ފަރާތްތަކެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އާންމުންގެ ތެރެއިން ބައެއް ރައްޔިތުންނަކީ އަބަދުވެސް އެ އިރެއްގައި އޮންނަ ސަރުކާރަކާގުޅިގެން ސަރުކާރަށް ނިސްބަތްވާ ޕާޓީތަކުގައި ތިބެގެން ކުރިއަށްދާން ބޭނުންވާ ރައްޔިތުން ކަމަށާ އެއުސޫލުން ނަމަވެސް ގިނަ ޢަދަދެއްގެ ރައްޔިތުންތަކެއް އެމްޑީޕީއާ ގުޅިފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވިއެވެ.
މި ބައްދަލުވުމަށްފަހު ސަރުކާރު ކޯލިޝަނުގައި ހިމެނޭ ހަތަރު ޕާޓީގެ ލީޑަރުންވެސް ވިދާޅުވީ އިންތިހާބަށް ތައްޔާރުވުމަށް އެކި ޕާޓީތަކުން މަސައްކަތްކުރަމުން ދަނީ އެކި ގޮތަށް ކަމަށެވެ. އަދި އިންތިޚާބުގައި ޕާޓީތަކުން އަމަލު ކުރާނެ ވަކި ގޮތެއް މުޅިން ފައިނަލް ނުކުރާ ކަމަށް ހަތަރު ލީޑަރުންވެސް ވިދާޅުވިއެވެ.