ޚަބަރު

އައިރީނާގެ 5 ވަނަ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ


އަބޫދާބީގައި މިހާރު ކުރިއަށްދާ އައިރީނާގެ 5 ވަނަ ބައްދަލުވުމުގައި މިނިސްޓަރ އޮފް އެންވާރަމެންޓް އެންޑް އެނަރޖީ ތޯރިގް އިބްރާހިމް ބައިވެރިވަޑައިގެންފިއެވެ.މިއަދާއި މާދަމާ ކުރިއަށްދާ މި ބައސްދަލުވުމުގައި ދުނިޔޭގެ 150 ޤައުމެއްގެ ލީޑަރުންނާއި، ބައިނަލް އަޤްވާމީ 115 ޖަމްއިއްޔާއަކުންވެސް ބައިވެރިވެއެވެ. މި ބައްދަލުވުމުގައި ދިގުމުއްދަތަކަށް ދެމެހެއްޓެނިވިގޮތެއްގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ޤައުމުތަކަށް ކުރެވިދާނެ ކަންތައްތަކާއިބެހޭގޮތުންނާއި އަދި މިކަމުގައި ޤައުމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއިބެހޭގޮތުން މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ.ރާއްޖެއިން މި ބައްދަލުވުމުގައި ބައިވެރިވަމުންދާއިރު، ރާއްޖެއިންވެސްދަނީ އިޔާދަކުރަނިވި ހަކަތަ ފުޅާދާއިރާއެއްގައި ބޭނުންކުރުމަށް ޕްލޭންތަކެއްރާވާ އެކަމުގެ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންނެވެ.އައިރީނާ ނުވަތަ އިންޓަރނޭޝަނަލް ރިނިވްބަލް އެނާޖީ އެޖެންސީއަކީ، އިޔާދަކުރަނިވި ހަކަތަ ދެމެހެއްޓެނިވިގޮތެއްގައި އުފައްދައި ބޭނުންކުރުމަށް މަސައްކަތްކުރާ ޤައުމުތަކަށް އެހީތެރިވެދޭ ބައިނަލް އަޤްވާމީ ޖަމްއިއްޔާއެކެވެ.