ވިޔަފާރި

ކޯޕަރޭޓް ގަވަރނަންސް ފޯރ ޑިރެކްޓަރސް ނަމުގައި ޕްރޮގްރާމެއް ފަށަނީ


ކުންފުނިތަކުގެ ބޯޑް ޑިރެކްޓަރުންނަށް ޚާއްސަކޮށް، މޯލްޑިވްސް ކެޕޭސިޓީ ޑިވެލޮޕްމެންޓް އެންޑް ގަވަރނަންސް އިންސްޓިޓިއުޓް، އެމް.ސީ.ޑީ.ޖީ.އައިއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ކޯޕަރޭޓް ގަވަރނަންސް ފޯރ ޑިރެކްޓަރސްނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމުގައި ބޯޑު ޑިރެކްޓަރުންގެ އިތުރުން، ކޯޕަރޭޓް ޑިރެކްޓުންނަށް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އަދި މިފަދަ މަޤާމަކަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށްވެސް މި ޕްރޮގްރާމްގައި ބައިވެރިވެވޭނެކަމަށް އެމް.ސީ.ޑީ.ޖީއައި އިން މައުލޫމާތުދެއެވެ.

މި ޕްރޮގްރާމްގައި ކޯޕަރޭޝަން އަދި ގަވަރނަންސްއާއި ގުޅޭ ގޮތުން ގިނަ މައުލޫމާތުތަކެއް ފޯރުކޮށް ދިނުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި، ބޯޑެއްގެ ދައުރާއި މަސްޢޫލިއްޔަތާއި ގުޅޭގޮތުންނާއި، ބޯޑު މެންބަރުންގެ ވަޒީފާއާއި ގުޅޭ ގޮތުން ގިނަ މައުލޫމާތުތަކެއް ހިމެނެއެވެ. އަދި ވިޔަފާރީގެ އެކި ކަހަލަ ކޭސްތަކާއި މިކަމާއި ގުޅުން ހުރި ޤާނޫނާއި ޤަވަޢިދުތަކަށްވެސް މި ޕްރޮގްރާމްގައި އަލިއަޅުވާލާނެއެވެ.

ކޯޕަރޭޓް ގަވަރނެންސް ފޯރ ޑިރެކްޓަރސް ޕްރޮގްރާމް އޮންނާނީ މިމަހުގެ 22 ވަނަ ދުވަހު، ހެނދުނު ނުވަޔަކުން ފެށިގެން ހަވީރު ފަހަކާއި ހަމައަށެވެ.

މި ޕްރޮގްރާމްގައި ބައިވެރި ވުމުގެ ފީއަކީ 700 ރުފިޔާއެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު މިމަހުގެ 18 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. ޕްރޮގްރާމްގެ ރެޖިސްޓްރޭޝަން ފޯމް އެމް.ޑީ.ޖީ.ސީއައި ގެ އޮފީހުން ލިބެން ހުންނާނެއެވެ. މިކަމާއި ގުޅޭ ހުރިހާ މައުލޫމާތެއް އެ އިންސްޓިޓިއުޓްގެ ހޮޓްލައިން ނަންބަރުން ލިބޭނެއެވެ.