ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގެ މާސްޓަރ ޕްލޭން


ހުޅުމާލެ ދެވަނަ ފިޔަވަހީގެ ތަރައްޤީކުރުމުގެ މާސްޓަރ ޕްލޭން ތައްޔާރުކުރެވިފައިވަނީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުވާނޭހެން، ގައުމީ ތަރައްގީގެ މަސައްކަތްތައް މުރާޖައާކުރެވޭނޭ ގޮތަށް ކަމަށް ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ބުނެފިއެވެ.އެޗް ޑީ ސީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މާސްޓަރ ޕްލޭނަކީ  ސިންގަޕޫރުގެ ނޭޝަނަލް ޔުނިވަސިޓީގެ ފަންނީ ބޭފުޅުންގެ އެހީގައި ތައްޔަރުކޮށްފައިވާ ޕްލޭނެއް ކަމަށެވެ. އަދި ހިއްކި ސަރަހައްދުގައި ތޮށި ޖަހައި ބިން ހިއްކުމުގެ ޖުމްލަ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނިންމާލެވޭނޭ ކަމަށްވެސް ސުހައިލް ވިދާޅުވިއެވެ. އަދި ބިން ހިއްކާ ނިމޭހާ އަވަހަކަށް މާސްޓަރ ޕްލޭންގައިވާ ގޮތުގެ މަތިން އެތަންތަން ތަރައްގީ ކުރަން ފަށާނެކަމަށްވެސް ސުހައިލް ވިދާޅުވިއެވެ.ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 240 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، އެ ބިމަކީ އެއްލައްކަ މީހުންގެ އާބާދީއެއް ވަޒަންވެރި ކުރެވޭނޭ ސަރަހައްދެއް ކަމަށް އެޗް ޑީ ސީން ހާމަކުރެއެވެ.