ޚަބަރު

ނާއިބް ރައީސް ފައިސަލް ނަސީމް އައްޑޫސިޓީއަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް އައްޑޫސިޓީއަށް ވަޑައިގެންފިއެވެ.

ނައިބް ރައީސަށް އައްޑޫ ސިޓީ ގަމުގެ ވައިގެ ބަނދަރުން މަރްޙަބާ ދެންނެވީ އައްޑޫސިޓީ ކައުންސިލްގެ މޭޔަރ ޢަބްދުﷲ ސާދިޤްް އާއި އެކައުންސިލްގެ ބައެއް މެމްބަރުންނެވެ.

ނައީބް ރައީސް އައްޑޫ ސިޓީއަށް ކުރައްވާ މި ދަތުރުފުޅުގައި އެ ސިޓީގައި ތަރައްޤީ ކުރަމުންދާއި ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށްދާގޮތާއި، އައްޑޫ ސިޓީގައި ޖެންޑަރ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ފެމިލީ އެންޑް ޗިލްޑެރެންސް ސަރވިސް ސެންޓަރުގެ އިތުރުން ޑްރަގްސް ރިހެބިލިޓޭޝަން ސެންޓަރަށް ޒިޔާރަތް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ނައިބްރައީސްގެ މި ދަތުރުފުޅުގައި އައްޑޫ ސިޓީގެ ރަށްތަކަށް ޒިޔާރަތްކުރައްވައި ކައުންސިލްތަކަށާއި ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ޒިޔާރަތްކުރައްވައި ދިމާވެފައިވާ ދަތިތައް އޮޅުންފިލުއްވުމަށްވެސް ހަމަޖެހިފައިވެއެވެ.

ނައީބް ރައީސްގެ މިދަތުރުފުޅުގައި ފުވައްމުލަކަށް ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
އައްޑޫ ސިޓީއަށާއި ފުވައްމުލަކަށް ނާއިބްރައީސް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ޝަރވިސް ޝިދާތާ ޝަރީފާއި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޝާހް ޢަބްދުﷲ މާހިރު ބައިވެރިވެ ވަޑައިގަންނަވައެވެ.