ޚަބަރު

އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑް އަވަސްގެ ނާޒިމަށް


2017 ވަނަ އަހަރުގެ އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑް އަވަސް އޮންލައިންގެ ނާޒިމް ޙަސަނަށް ލިބިއްޖެއެވެ.

ދިވެހި ނޫސްވެރިކަމުގެ އަލިމަސް ޔޫބީލް ފާހަގަކުރުމަށާއި، ނޫސްވެރިކަމުގެ އިނާމު ދިނުމަށް ބޭއްވި ޚާއްސަ ޖަލްސާގައި 2017 ނޫސްވެރިކަމުގެ ތަފާތު ދާއިރާތަކުން އެންމެ ފާހަގަކޮށްލެވޭ ނޫސްވެރިންނަށް ވަނީ އެވޯޑް ދީފައެވެ.

ނޫސްވެރިކަމުގެ އެވޯޑް މިއަހަރު ލިބުނު ނޫސްވެރިނަކީ:

  • އެންމެ އުންމީދީ ނޫސްވެރިޔާ - ނާޒިމް ޙަސަން، އަވަސް އޮންލައިން
  • އެންމެ މޮޅު ފޮޓޯ ޖަރނަލިސްޓްގެ އެވޯޑް – މުޙައްމަދު ޝަރުހާން ވަހީދު، ރާއްޖެ އެމްވީ
  • އެންމެ މޮޅު ވީޑިއޯ ޖަރނަލިސްޓްގެ އެވޯޑް – ލަޔާލް މަނިކް، ޗެނަލް 13
  • ވިޔަފާރިޔާއި އިޤްތިޞާދުގެ ދާއިރާއިން – ޢަބްދުﷲ ޖަމީލް، މިހާރު
  • ޝަރުޢީ އަދި ޤާނޫނީ ދާއިރާއިން – މުޢިއްޒު އިބްރާހިމް، މިހާރު
  • ކުޅިވަރުގެ ދާއިރާއިން – އައްޒާމް އަލިފުޅު، މިހާރު އަދި
  • ކުޅިވަރުގެ ދާއިރާއިން - ޙުސެއިން ހަބީބް، އަވަސް
  • ސިޔާސީ ދާއިރާއިން – މޫސާ ރަޝީދު، އަވަސް
  • ފީޗަރ ލިޔުމުގެ ދާއިރާއިން – އައިމިނަތު ޝިފްލީން، މިހާރު


ރާއްޖޭގެ ނޫސްވެރިކަމަށް 75 އަހަރު ފުރުމުގެ އަލިމަސް ޔޫބީލް ފާހަގަ ކުރުމަށާއި ނޫސްވެރިކަމުގެ މިދިޔަ އަހަރުގެ އިނާމުތައް ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލާއި ހޯމް މިނިސްޓްރީ ގުޅިގެން ބޭއްވި މި ޙަފްލާގައި ނޫސްވެރިކަމުގެ ރަން ގަލަން، ނޫސްވެރިކަމުގެ އަލިމަސް ގަލަމުގެ އިތުރުން ނޫސްވެރިކަމުގެ އަލިމަސް ޔޫބީލް ފާހަގަކުރުމަށް "އަލިމަސް" ގެ ނަމުގައި ޚާއްޞަ ފޮތެއްވެސް ވަނީ ނެރެފައެވެ.