ސިޔާސީ

"ލޯކަލް އެޑްވޮކަސީ ފޯރަމް"ގެ ނަމުގައި ގްރޫޕެއް އެކުލަވާލަނީ


ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ލޯކަލް ޑިމޮކްރަސީއާއި ލޯކަލް ގަވަރނަންސް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން "ލޯކަލް އެޑްވޮކަސީ ފޯރަމް"ގެ ނަމުގައި ގްރޫޕެއް އެކުލަވާލުމުގެ މަސައްކަތްކުރަމުންދާ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލް.ޖީ.އޭއިން ބުނެފިއެވެ.މި އެޑްވޮކަސީ ގްރޫޕަކީ ޤައުމީ ފެންވަރުގައި ލާމަރުކަޒީ ނިޒާމު ނަގަހައްޓައި، ކުރިއެރުވުމަށް މަސައްކަތްކުރުމަށް އެކުލަވާލެވޭ ނުރަސްމީ ޕްލެޓްފޯމެއް ކަމަށް އެލް.ޖީ.އޭއިން މައުލޫމާތުދެއެވެ.އެ އޮތޯރިޓީން މިހާރުވަނީ ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާއި، އަމިއްލަ ފަރާތްތަކާއި، މަދަނީ ޖަމިއްޔާތަކާއި، ނެޓްވޯރކްތަކާއި ވަކިވަކި ފަރުދުންނަށް ލޯކަލް އެޑްވޮކަސީ ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު އިއްޔެއިން ފެށިގެން ހުޅުވާލާފައެވެ. އެގޮތުން މި ފޯރަމްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމު އެލް.ޖީ.އޭގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެކަމަށްވެސް އެ އޮތޯރިޓީން މައުލޫމާތުދެއްވައެވެ. ފޯމް ލުމުގެ މުއްދަތު ފެބްރުއަރީ މަހުގެ ވިހި ވާ ބުރާސްފަތި ދުވަހުގެ ނިއަލަށްވަނީ ހުޅުވާލާފައެވެ.