ޚަބަރު

މޯލްޑިވްސް ފިލްމް އެސޯސިއޭޝަންގެ 7 މަޤާމަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި


މޯލްޑިވްސް ފިލްމް އެސޯސިއޭޝަންގެ ހަތް މަޤާމަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފިލްމު އެސޯސިއޭޝަނުން ހުޅުވާލާފައިވަނީ އެ އެސޯސިއޭޝަންގެ ޗެއަރޕަސަން، ނާއިބު ޗެއަރޕަސަން، ހަޒާންދާރު، ސެކެރެޓަރީ ޖެނެރަލް އަދި އާއްމު ތިން މެންބަރުންނަށް ކުރިމަތިލުމުގެ ފުރުސަތެވެ.

ފިލްމް އެސޯސިއޭޝަނުން ބުނިގޮތުގައި މިކަމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކަށް މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެފުރުސަތު އޮންނާނެއެވެ. އަދި މޯލްޑިވްސް ފިލްމް އެސޯސިއޭޝަން މެންބަރުން ހޮވުމަށް ނަގާ ވޯޓު ކުރިޔަށްދާނީ މިމަހުގެ 27 ވަނަ ދުވަހުއެވެ. މިއިންތިހާބު ބާއްވާ ތަނެއް ފަހުން އިއުލާންކުރާނެކަމަށް ފިލްމް އެސޯސިއޭޝަނުން ބުނެއެވެ.

އިންތިހާބުގެ އެކި މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމު، އެސޯސިއޭޝަންގެ މިހާރު މެންބަރުން އަތުން ލިބެން ހުންނާނެކަމަށް ފިލްމު އެސޯސިއޭޝަނުން ބުނެއެވެ.