ޚަބަރު

ހއ. އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ޚިދުމަށް ދޭންފަށައިފި


ހއ. އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ޚިދުމަށް ދޭންފަށައިފިއެވެ.

ހއ. އަތޮޅު ހޮސްޕިޓަލުން ބުނީ، މިއަދުން ފެށިގެން ޑަޔަލިސިސްގެ ޚިދުމަތް ޢާއްމުކޮށް ދޭން ފަށާފައިވާކަމަށެވެ. މި ޚިދުމަތް ދޭންފަށާފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ޑަޔަލިސިސް ޔުނިޓުގައި މަސައްކަތް ކުރަމުންދާ ސީނިއަރ ނަރުހަކާއި އެ ޚިދުމަތް ދިނުމަށް ތަމްރީންކޮށްފައިތިބި 2 ނަުރުހުންނާ އެކުގައި ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

މި ޚިދުމަތް މިހާރު ކޮންމެ ދުވަހެއްގެވެސް ރަސްމީ ގަޑީގައި ދެމުންދިޔަ ނަމަވެސް، ޚިދުމަތް ހޯދާ ފަރާތްތައް އިތުރުވަމުންދާ ނިސްބަތައް ބަލައި ޚިދުމަތްދޭ ގަޑި އިތުރު ކުރުމަށް ނިންމާފައިވާކަމަށްވެސް ހއ.އަތޮޅު ހޮސްޕިޓަލުން ބުނެއެވެ.

ހއ. އަތޮޅުގެ އެކި ރަށްރަށުން މިހާރުވެސް 22 މީހަކު މާލެއާއި ރާއްޖޭން ބޭރުން ޑަޔަލަސިސްގެ ޚިދުމަތް ހޯދަމުންދާކަމަށް މަޢުލޫމާތު ލިބެއެވެ. ހއ. އަތޮޅު ހޮސްޕިޓަލް ހުންނަ ދިއްދޫއަށް އެކަނި ބަލާލިއަސް ޑައިލިސިސްގެ ޚިދުމަތް ހޯދާ 13 މީހުން މިހާރުވެސް އެބަތިބިކަމަށް ހއ. އަތޮޅު ހޮސްޕިޓަލުން ބުނެެއެވެ.