ސިއްހަތު

އިތުރު ތިން ރަށެއްގައި އެސް.ޓީ.އޯގެ ފާރމަސީ ހުޅުވައިފި


ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތްފޯރުކޮށްދޭ ފާރމަސީއެއް ޤާއިމުކުރުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން، އިތުރު ތިން ރަށެއްގައި އެސް.ޓީ.އޯގެ ފާރމަސީ ހުޅުވައިފިއެވެ.އެގޮތުން، ފާރމަސީ ހުޅުވާފައިވާ ތިން ރަށަކީ، ތ. މަޑިފުއްޓާއި، ޅ. ހިންނަވަރުގެ އިތުރުން އއ.ފެރިދޫއެވެ. މިއާއެކު އެސް.ޓި.އޯ ފާރމަސީތަކުގެ އަދަދު ވަނީ ފަސްދޮޅަސް ހަޔަކަށް އަރާފައެވެ.ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ޚިދުމަތް ފޯރުކޮށްދޭ އެސްޓީއޯގެ ބޭސްފިހާރައެއް ގާއިމް ކުރުމަށް އެސްޓީއޯއާއި ދިވެހި ސަރުކާރު ގުޅިގެން ކުރިއަށްގެންދާ މިމަޝްރޫއު ނިމޭއިރު، ހަތްސަތޭކަ ވަރަކަށް ވަޒީފާ އުފެދިގެންދާނެ ކަމަށް ލަފާ ކުރެވިފައިވެއެވެ. މި މަޝްރޫއުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް އޮތް އެގާރަ މަސްދުވަހުގެތެރޭ އެސްޓީއޯގެ ބޭސް ފިހާރަތައް ގާއިމްކުރެވިގެންދާނެއެވެ. މިމަޝްރޫއަށްފަންސަވީސް މިލިއަނާއި ތިރީސް މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކަށް ޚަރަދު ހިގާނެ ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.