ޚަބަރު

"ފްރެންޑްސް" ނުކުމެ ހިތަދޫ ފަތާ ޓްރެކް ސާފުކޮށްފި


އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަޙައްދު ސާފު ކުރުމުގެ ހަރަކާތެއް މިއަދު ބާއްވައިފިއެވެ.

މި ޙަރަކާތް އިންތިޒާމްކުރި އައްޑޫ ސިޓީ "ފްރެންޑްސް" ޖަމިއްޔާއިން ބުނީ މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ އައްޑޫ އަކީ ސާފު ރީތި ރަށަކަށް ހެދުމާއި، ޢާންމުން އެއްވެ އުޅޭ މިފަދަ ތަންތަނަށް ކުނި އެޅުމުން ލިބޭ ގެއްލުމާމެދު ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުންކަމަށެވެ.

މި ޙަރަކާތުގައި ފްރެންޑްސް ޖަމިއްޔާގެ އިތުރުން ރެޑް ކްރެސެންޓުންވެސް ބައިވެރިވިއެވެ. އަދި އައްޑޫ ސިޓީގެ ޑެޕިއުޓީ މެޔަރ މުހައްމަދު ޔަޝްރިފް ވެސް މި ޙަރަކާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އައްޑޫ ފްރެންޑްސް ޖަމިއްޔާއަކީ އައްޑޫސިޓީ ރައްޔިތުންނާ ގުޅުންހުރި އެކި ޙަރަކާތްތައް ރާވައި ހިންގުމުގައި ހަރަކާތްތެރިވާ ޖަމިއްޔާއެކެވެ. އެގޮތުން މީގެ ކުރިންވެސް އެޖަމިއްޔާއިންވަނީ ގަސް އިންދުމުގެ ޙަރަކާތްތަކާއި، ޢީދު ފާހަގަ ކުރުމަށް އެކި ހަރަކާތްތައް ހިންގާފައެވެ.