ތިމާވެށި

ނޮޅިވަރަންފަރު ނަރުދަމާ ސާފުކުރުމުގެ މަސައްކަތުގައި ފުލުހުން އެހީ


ހދ.ނޮޅިވަރަންފަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ފާޚާނާ ޖަންކްޝަންތައް ފުރި ފެން ތައައްޔަރުވުމާއި ގުޅީގެން ޖަންކްޝަންތައް ހިއްކުމުގެ މަސައްކަތުގައި ފުލުހުން ހަރަކާތެރިވެއްޖެއެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން މި މަސައްކަތްކޮށްފައިވަނީ މި ޑިސެމްބަރު މަހުގެ 22 ން 23 އަށެވެ. މި މަސައްކަތުން އެ ސަރަޙައްދު އެއްކޮށް ސާފުކޮށްފައިވާއިރު އެސަރައްޙަދުގައި ގާތްގަނޑަކަށް 40 ވަރަކަށް ގޭގައި ފާޚާނޭ ޖަންކްޝަން ބޭރުވެފައިވެއެވެ.

މި މަސައްކަތުގައި ނޮޅީވަރަންފަރު ކައުންސިލްގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބިފައިވާކަމަށް ފުލުލުހުން ފާހަގަކުރައްވައެވެ.