ޚަބަރު

ބޮޑުތަކުރުފާނުގެ ޖިހާދުން އިބުރަތް ހާސިލްކުރަންޖެހޭ - ރައީސް


ޤައުމާއި ދީނުގެ ދިފާއުގައި ޖިހާދު ކުރި ޤައުމީ
އަބްޠާލުންގެ ކިބައިން އިބްރަތް ލިބިގަނެ،
ދިވެހިރާއްޖޭގެ މިނިވަންކަން އަމާނާތްތެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ވާސިލުކޮށްދިނުމަށް
އަޒުމް ކަނޑައެޅުމަށް ރައީސުލްޖުމުހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޢިލްތިމާސް
ކުރައްވައިފިއެވެ.



ރައީސުލުޖުމުހޫރިއްޔާ މިކަމަށް އިލްތިމާސް ކުރެއްވީ ޤައުމީ
ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްސަ ޙިޠާބުގައެވެ. ޤައުމީ ދުވަހާ ގުޅިގެން
ރައީސުލްޖުމުހޫރިއްޔާ ފޮނުއްވި ޚިޠާބުގައި ޤައުމީ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ
ދިވެހި އެއްމެހާ ލޮބުވެތި ރައްޔިތުންނަށް ފޮނުއްވާފައިވެއެވެ. އަދި ޤައުމީ
ދުވަހުގެ ބަޠަލް އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް، ބޮޑުތަކުރުފާނުގެ
ޒިކުރާ އާކުރައްވާ، ބޮޑުތަކުރުފާނު ޤައުމަށް ޓަކައި ކުރެއްވި މަތިވެރި ޖިހާދުން
އިބުރަތް ހާސިލް ކުރެއްވުމަށް ރައީސުލްޖުމުހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ. އަދި
މިފަދަ ދުވަހެއްގައި ޤައުމީ ރޫޙް އާލާކޮށް ދިރުވުމުގެ މުހިންމުކަން
ރައީސުލްޖުމުހޫރިއްޔާ ފާހަގަކުރެއްވިއެވެ.



މި ދުވަހާ ގުޅިގެން އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު
ޝަޙީމް އަލީ ސައީދު ދެއްވި ޚިޠާބުގައި ޤައުމުގެ ސަފުތައްރޫޅި، ތަރައްޤީގެ ދުވެލި
މަޑުޖެހި، މިނިވަންކަމަށް ލޮޅުމެން އަތުވެދާނެފަދަ އެއްވެސް ކަމަކަށް ޖާގަ
ނުދެއްވުމަށް ގޮވާލެއްވިއެވެ. އަދި ގައުމެއް ކުރިއަރައިދާނީ އެޤައުމެއްގައި
އެކުވެރިކަމާއި އެއްބައިވަންކަން އޮވެގެން ކަމަށާއި، ޞުލްޙަވެރިކަމާއި އަމާންކަން
ޤާއިމުކޮށް އިޖުތިމާޢީ ޢަދާލަތު ޤާއިމުކުރެވި ޤައުމު ބިނާކުރުމުގައި ޤައުމުގެ އެންމެހާ
އަފުރާދުން ބައިވެރިވުން މުހިންމު ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. އަދު
މުޖުތަމަޢު ތަރައްޤީ ކުރުމަށްޓަކައި ޒުވާނުންނަށް ފަހި ފުރުޞަތު ހީދައި ދެއްވުމުގެ
މުހިންމު ކަމުގެ މައްޗަށް މިނިސްޓަރގެ ހިޠާބުގައި އަލިއަޅުއްވާލެއްވިއެވެ.



މިނިސްޓަރ
ވިދާޅުވީ ދިވެހި ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ކުރިމަތިވި ގޮންޖެހުންތަށް
ނައްތާލައި، ޤައުމު އުފާ ފާގަތިކަމާ ކުރިމަތިލާފައިވާކަމަށެވެ. އަދި ރާއްޖޭގެ
ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަމާއި ޞުލްޙަމަސަލަސްކަންވަނީ ޤާއިމު ކުރެވި
ދިވެހި މުޖްތަމަޢަށް ހަމަޖެހުމާއި އުފާވެރިކަންވަނީ އަންނަންފަށާފައި ކަމަށް
މިނިސްޓަރގެ ހިޠާބުގައި ވިދާޅުވިއެވެ.