ޚަބަރު

ސިވިލް ސަރވިސް ކޮމިޝަަންގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


ސިވިލް ސަރވިސް ކޮމިޝަަންގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަަންގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފައިވަނީ އެ ކޮމިޝަންގެ މެމްބަރު ރީނީ އަބްދުއްސައްތާރުގެ ދައުރު މިމަހުގެ 27ގެ ނިޔަލަށް ހަމަވާތީއެވެ.

ފަސް އަހަރުގެ ދައުރަކަށް ހޮވާ މިމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 22 ވަނަ ދުވަހުގެ މެންދުރުފަހު ދެ ގަޑި ސުންމިނެޓާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށްއެދޭ ފޯމާއި އިޤުރާރު ދޫކުރުން، އަދި ފޯމާއި އިޤުރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު އަށްގަޑި ތިރީހުން މެންދުރުފަހު ދެ ގަޑި ސުންމިނެޓަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންނެވެ.