ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އެޑްވައިޒަރ ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މިތެބް ބިން ޢަބްދުލް ޢަޒީޒް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ޒިޔާރާތުގައި އެޑްވައިޒަރ ވަނީ ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދަންނަވައި ފާގަތި މުސްތަޤްބަލަކަށް އެދިވަޑައިގެންފައެވެ.
މީގެ އިތުރުން މިއަދު ވަނީ ޔޫއޭއީގެ ވަލީ އަހުދު ޒައިދް އައް ނަޙްޔާންގެ ދަރިކަލުން ޝައިޚް ހަމްދާން ބިން މުޙައްމަދު ބިން ޒައިދް އަލް ނަޙްޔާން ވެސް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއްކުރައްވާފައެވެ. މިޒިޔާރަތުގައި ވަލީއަހުދުގެ ދަރިކަލުން ވެސްވަނީ ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދަންނަވާފައެވެ.
މި ދެބޭފުޅުން ރާއްޖެވަޑައިގެންފައިވަނީ ރައީސް ޞާލިޙް ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.