ޚަބަރު

ގަޖާ ތޫފާނާއި ބައުޗްރާ ތޫފާނުގެ އަސަރެއް ރާއްޖެއަކަށް ނުކުރާނެ


ރާއްޖެ ހިމެނޭ ސަރަހައްދުގައި ދެ ތޫފާނެއް އުފެދިފައިވާކަމަށާއި ނަމަވެސް މި ދެ ތޫފާނުގެ އަސަރެއް ރާއްޖެއަށް ނުކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ ބަންގާޅު ކަނޑުގައި އުފެދިފައިވާ ގަޖާ ތޫފާނާއި ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ބައުޗްރާ ތޫފާން ދަނީ ރާއްޖެއާ ދުރަށްކަމަށެވެ. މިގޮތުން "ގަޖާ" ތޫފާން ދަނީ ޗެންނާއީ ސަރަހައްދަށް ކަމަށާއި "ބައުޗްރާ" ތޫފާން ދަނީވެސް ރާއްޖެއާ ދުރަށްކަމަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ މިދިޔަ ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވިނަމަވެސް، ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ޢާއްމުގޮތެއްގައި ރަނަގަޅުވާނެކަމަށެވެ.