ޚަބަރު

ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ވައިޓް އެލާޓް ނެރެފި


ކުރިއަށް އޮތް ވަގުތުތަކުގައި މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ށ.އަތޮޅާއި ލ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ. އެގޮތުން އެ ސަރަޙައްދުތަކަށް މިއަދު ހަވީރު ތިންގަޑި ސާޅީސް ފަހަކުން ފެށިގެން ރޭގަނޑު ނުވަހަގަޑި ސާޅީސް ފަހަކާއި ދެމެދު މޫސުމް ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާ އިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ. އަދި ބައެއް ސަރަޙައްދުތަކަށް ކަނޑު ގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

މޫސުމާބެހޭ ޤައުމީ އިދާއިން ބުނީ އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި މެދުތެރެއާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށެވެ.

ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައިގައި ރަށްރަށަށް ދަނީ އެކި ވަރުގެ ގެއްލުންތައް ލިބެމުންނެވެ. އެގޮތުން އއ އުކުޅަހުގައި ހުންނަ ޕްޓްރޯލް ޝެޑްގެ ފުރާޅު އެއްލާލާފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަޢުލޫމާތުދެއެވެ. ހަވީރު ފަސް ގަޑި ބައިހާއިރު ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށްވެސް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މައުލޫމާތުދެއެވެ.