ޚަބަރު

ރައީސް، ޕާކިސްތާނުގެ ރައީސަށާއި ބޮޑުވަޒީރަށް ހަމްދަރުދީގެ ‏‏މެސެޖ


ޕާކިސްތާނުގެ ޕިޝާވަރުގައި ހުންނަ
އާރމީ ޕަބްލިކް ސްކޫލަށް ދިން ޓެރަރިސްޓް ޙަމަލައިގައި، ގިނަ ‏‏ޢަދަދެއްގެ ކުޑަކުދިންނާއި ބޮޑެތި މީހުން ‏‏މަރުވެ، އެތައް ބަޔަކު ޒަޚަމްވުމާ ގުޅިގެން،
އެކަމުގެ ‏‏ހިތާމައިގައި، ރައީސް މަމްނޫން
ޙުސައިނަށާއި، ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފަށް، ‏‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން
ޢަބްދުލްޤައްޔޫމް، ހަމްދަރުދީގެ މެސެޖު ‏‏ފޮނުއްވައިފިއެވެ.‏



‏އެ
ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖްގައި، ދިވެހި ސަރުކާރާއި، ދިވެހި ‏‏ރައްޔިތުން، ޓެރަރިޒަމްގެ މިފަދަ ޢަމަލުތައް، އެންމެ
ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާ ކަމުގައި ‏‏ވިދާޅުވެފައިވެއެވެ. އަދި ޕާކިސްތާނުގައި ޞުލްޙަވެރިކަމާއި
ހަމަޖެހުން ޤާއިމުކުރުމަށް ކުރެވޭ ‏‏މަސައްކަތްތަކުގައި، ރާއްޖެއިން އަބަދުވެސް އެއްބާރުލުން
ދެމުންގެންދާނެ ކަމުގައިވެސް ‏‏ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.‏



‏ދުނިޔެއަށް
ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކާ ނައްތާލުމަށް ކުރެވެމުންދާ ‏‏މަސައްކަތުގައި، ރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކީ
މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެ، ‏‏މިކަމުގައި ޕާކިސްތާނަށާއި ބައިނަލްއަޤްވާމީ މުޖުތަމަޢަށް ރާއްޖެއިން ފުރިހަމަ
އެބާރުލުންދެމުން ‏‏ގެންދާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.‏



‏ރައީސުލްޖުމްހޫރިއްޔާގެ
މެސެޖުގައި، މި ޙާދިޘާގައި އެތައް ބަޔަކު މަރުވެފައިވާތީ، ‏‏ޕާކިސްތާން ސަރުކާރަށާއި، ރައްޔިތުންނަށް ވަރަށް
އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ. ‏‏އަދި މި ޙާދިޘާގައި މަރުވި އެންމެންގެ ޢާއިލާތަކަށް
ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ‏‏ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.‏