ޚަބަރު

ޙުކުމް ރިވިއުކުރުމަށް ހުށަހަޅާފައިވާ މައްސަލައަށް ރައީސް ނަޝީދު ޖަވާބުދާރީވެވަޑައިގެންފި

ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އިއްވާފައިވާ ޖަލު ޙުކުމް ރިވިއުކުރުމަށް ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލައަށް ރައީސް ނަޝީދުގެ ފަރާތުން ޖަވާބުދާރީވެވަޑައިގެންފިއެވެ.

ރައީސް ނަޝީދުގެ ޤާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ޤާނޫނީ ވަކީލް ހިސާން ހުސެއިން މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ރައީސް މުޙައްމަދު ނަޝީދަށް އިއްވާފައިވާ ޖަލު ޙުކުމް ރިވިއުކުރުމަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ރައީސް ނަޝީދުގެ ފަރާތުން މިހާރު ޖަވާބުދާރީވެވަޑައި ގެންފައިވާކަމަށެވެ.

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ޙުކުމް ރިވިއުކޮށްދިނުމަށް ސުޕްރީމް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވާއިރު ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ޙުކުމް ތަންފީޒު ކުރުން ފަސްކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް ސުޕްރީމް ކޯޓުން ވަނީ މިދިޔަމަހުގެ 30 ވަނަ ދުވަހު އަމުރުކުރައްވާފައެވެ.