ހއ އިހަވަންދޫގައި ޢާންމުން މޫދަށްއެރުމަށް ޚާއްޞަކޮށްފައިވާ ސަރަޙައްދު ސާފުކޮށްފިއެވެ.
މޫދަށް އެރޭ ޞަރަޙައްދުގެ މޫދާއި ގޮނޑުދޮށް ސާފުކުރުމުގެ މަސައްކަތް ކުރީ އިހަވަންދޫ ކައުންސިލް އިދާރާއާއި އެރަށު ފޮލިސް ސްޓޭޝަން ގުޅިގެންނެވެ. މިމައްސަކަތުގެ ދަށުން އެޞަރަޙައްދުން ތިން ޕިކަޕުގެ ކުނި ނަގައި އުކާލާފައިވާކަމަށް އިހަވަންދޫ ކައުންސިލުން ބުނެއެވެ.
ކޮންމެ އަހަރަކުވެސް ސުކޫލު ބަންދާއި ދިމާކޮށް އިހަވަންދޫ ކައުންސިލުން އިސްނަގައިގެން ޢާންމުން މޫދަށް އެރުމަށް ޚާއްޞަކޮށްފައިވާ މި ޞަރަޙައްދު ސާފު ކުރެއެވެ. މީގެ ބޭނުމަކީ ސުކޫލު ބަންދު ދުވަސްވަރު ރަަށަށް ޒިޔާރާތްކުރާ ބީރަށްޓެހިންނާ އަދި ރަށުގެ ކުދި ބޮޑު އެންމެހާ ރައްޔިތުންނަށް މޫދަށް އެރޭ ޞަރަޙައްދަކީ ސާފު އަދި ހިތްހަމަޖެހުން ގެނުވައިދޭތަނަކަށް ހެދުންކަމަށް އިހަވަންދޫ ކައުންސިލުން ބުނެއެވެ.