ގުޅިފައިވާ ޕާޓީތަކުގެ މެދުގައި މަޝްވަރާކޮށް އެއްބަސްވާ ގޮތްތަކެއްގެ މަތިން މިއަންނަ އަހަރުގެ މާޗު މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގުޅިފައިވާ ޕާޓީތަކަށް އަޣްލަބިއްޔަތުލިބުމަކީ ޤައުމުގެ ކުރިއެރުމަށް މުހިންމުކަމެއްކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޢަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲ އާއި އެޕާޓީގެ މެމްބަރުންނާ ބައްދަލުކުރެއްވުމަށްފަހު ޢަދާލަތު ޕާޓީގެ އޮފީހުގައި ހުންނަވައިގެން ވާހަކަފުޅުދައްކަވަމުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވީ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ފަހަތްޕުޅުގައިވާ ޕާޓީތަކުގެ ގުޅުން ވަރުގަދަ ވުމަކީ އަމާންކަމާއެކު ވެރިކަން ހިންގުމަށް ވަރަށް މުހިންމުކަމެއްކަމަށެވެ.
އެގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރެއްގައި ރައްޔިތުން ހިތްހަމަޖެހިގެން އުޅެވޭނެ ވެއްޓަކާއި ވަސީލަތްތަށް ޤާއިމުކުރުމުގައި އެއް ޕާޓީ އަނެއް ޕާޓީއަށް އެހީތެރިކަން ފޯރުކޮއްދިނުން މުހިންމުކަން ރައީސް މުޙައްމަދު ނަޝީދު ފާހަގަކުރެއްވެވިއެވެ.
މިމޭރުމުން ވާހަކަފުޅުދައްކަވަމުން އެމްޑީޕީގެ އެންމެ އިސް ލީޑަރު މުޙައްމަދު ނަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މި ޕާޓީތަކަށް އަޣްލަބިއްޔަތުލިބުމަކީ ޤައުމުގެ ކުރިއެރުމަށް މުހިންމުކަމެއްކަމަށް ވިދާޅުވެފައެވެ. ގުޅިފައިފާވާ ޕާޓީތަކުގެ މެދުގައި މަޝްވަރާކޮށް އެއްބަސްވާ ގޮތްތަކެއް ނިންމުން ވަރަށް މުހިންމުކަން ނަޝީދު ފާހަގަކުރެއްވެވިއެވެ.
ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޢަދާލަތު ޕަޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވީ ހުރިހާ ޕާޓީތަށް ގުޅިގެން އިންތިޚާބީ ރައީސްގެ ސަރުކާރު ކާމިޔާބު ސަރުކާރަކަށް ހެދުމަށް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އެގޮތުން ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތަށް ހައްލުކުރުމުގައި ސާބިތުވެ ތިބޭނެކަމުގެ ޔަޤީންކަން ސައިޚް އިމްރާން އަބްދުﷲ ދެއްވިއެވެ.
އަދާލަތު ޕަޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވިއެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޢަދާލަތު ޕާޓީއަށް ކުރެއްވި ޒިޔާރަތުގައި އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲއާއި، އެޕާޓީ ރައްތުންގެ މަޖިލީހުގައި ތަމްސީލުކުރައްވާ މެމްބަރު އަނާރާ ނަޢީމްގެ އިތުރުން އެ ޕާޓީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.