ޚަބަރު

ފުވައްމުލަކު މާރާމާރީގައި ޒަޚަމްވި ޒުވާނާގެ ޙާލު އަދިވެސް ސީރިއަސް


ފުވައްމުލައް ސިޓީގައި ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ 17 އަހަރުގެ އަޙްމަދު އިނާން އިތުރު ފަރުވާއަށް މިއަދު ހަވީރު މާލެގެންގޮސްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިނާންގެ ބައްޕަ އިބްރާހިމް މުހައްމަދު ބުނީ އިނާނަށް އާސަންދަ ހަމަޖެހިގެން މިހާރު ފަރުވާދެމުން ގެންދަނީ އަޖީއެމްއެޗް ހޮސްޕިޓަލުގެ ކްރިޓިކަލް ވާޑްގައި ކަމަށާ އޭނާގެ ހަށިގަނޑުގެ 26 ތަނަކަށް ވަޅި ހަރާފައިވާއިރު ބޮލުގެ ނާށިގަނޑު ރެނދުލާފައިވާތީ މިހާރު ދަނީ ސިކުޑިއަށް އަސަރުކޮފައި ވޭތޯބެލުމަށް ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން މިހާރު ކުރިއަށްދަނީ ސީޓީ ސްކޭން ހެދުމުގެ މަސައްކަތް ކަމުގައެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ޢުމުރުން 15 އަހަރުގެ ކުޑަކުއްޖަކާއި، 21 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާކަަމަށެވެ. ނަމަވެސް މިމައްސަލައިގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ދަނީ މިމައްސަލަ ތަހުގީގް ކުރަމުންނެވެ.