ޚަބަރު

ޤާނޫނާއި ޤަވާއިދާ ޚިލާފު ތަކެތި އެތެރެކުރުން ހުއްޓުވުމަށް ތަމްރީން ޕްރޮގްރާމެއް ފަށައިފި


ޤާނޫނާއި ޤަވާއިދާ ޚިލާފު ތަކެތި އެތެރެކުރުން ހުއްޓުވުމުގައި ކަމާބެހޭ ފަރާތްތަކުގެ ޤާބިލިއްޔަތުކަން އިތުރުކުރުމަށްޓަކާ ހާއްސަ ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސުން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ މިތަމްރީނުގެ ބޭނުމަކީ ޤަވާއިދާ ހިލާފު ތަކެތި ޓްރެފިކްކުރަން މަސައްކަތްކުރާ ފަރާތްތައް ދެނެގަތުމަށާއި މިފަދަތަކެތި ބަންދުކޮށްފައި ހުންނަ ގޮތް ދެނެގަނެވޭނެ ގޮތް އޮފިޝަލުންނަށް އަންގައިދިނުންކަމަށް ކަސްޓަމްސްއިން ބުނެއެވެ. މީގެ އިތުރުން މިތަމްރީންގެ ތެރެއިން ޤަވައިދާ ހިލާފުތަކެތި އެތެރެކުރުން ހުއްޓުވުމަށް ބޭނުންކުރާ އެންމެ ފަހުގެ އުކުޅުތާ، ވަސީލަތްތައް ކަސްޓަމްސް، އިމިގްރޭޝަން އަދި އޭވިއޭޝަން ކޮމާންޑުގައި މަސައްކަތްކުރާ އޮފިޝަލުންނަށް އަންގައިދޭނެކަމަށް ކަސްޓަމްސްއިން ބުނެއެވެ.

މިޓްރެއިނިންގ ކުރިޔަށް ގެންދަނީ ކަސްޓަމްސް ބިލްޑިންގައި 28 އޮކްޓޫބަރުން ނޮވެންބަރުމަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށެވެ. މިޓްރެއިނިންގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މޯލްޑިވްސް އިމިގްރޭޝަން އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ 27 އޮފިޝަލުން ބައިވެރިވާކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.