ޚަބަރު

ތިނަދޫ ހޮސްޕިޓަލުން މެދުކަނޑާލި މެޑިކަލް ހެދުމުގެ ޚިދުމަތް އަނެއްކާ ދޭންފަށައިފި


ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މެޑިކަލް ހެދުމުގެ ޚިދުމަތް މެދުކަނޑާލުމަށްފަހު އަނެއްކާވެސް އެ ޚިދުމަތް ދޭން ފަށައިފިއެވެ.

އެހޮސްޕިޓަލުން މެޑިކަލް ހެދުމުގެ ޚިދުމަތް މެދުކަނޑާލަން ޖެހުނީ ހޮސްޕިޓަލުގައި ބޭނުންކުރަމުން އައި އެކްސްރޭ ނަގާ މެޝިން ހަލާކުވުމާ ގުޅިގެން ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ. މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު އެކްސްރޭގެ ޚިދުމަތްވެސް ދޭން ފެށީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ޕަބްލިކް ހެލްތް އޮފިސަރ ޝަހުޒާ ޙަސަން ވިދާޅުވީ މިއަދުން ފެށިގެން މެޑިކަލް ހެދުމުގެ ޚިދުމަތް އަނެއްކާވެސް ދޭން ފަށާފައިވާ ކަމަށެވެ.

ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަކީ މުޅި ހުވަދު އަތޮޅުގެ ރައްޔިތުން ޚިދުމަތް ލިބިގަންނަ މަރުކަޒީ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުން ދުވާލެއްގެ މައްޗަށް 200 އާ ގާތްކުރާ ޢަދަދަކަށް ބަލި މީހުން ޚިދުމަތް ހޯދައެވެ.