ޚަބަރު

ޙާފިޒް އަޙްމަދު ސްކޫލުގެ ފަރުކޮއެ ޕްރޮގްރާމް ނިންމާލައިފި


ފުވައްމުލައް ސިޓީގެ ޙާފިޒް އަޙްމަދު ސުކޫލްގެ ދަރިވަރުންނަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިޔަށް ގެންދިޔަ ފަރުކޮއެ ޕްރޮގްރާމް ނިންމާލައިފިއެވެ.

ސްކޫލް ތަކުގެ ދަރިވަރުންނަށް ރާއްޖޭގެ ފަރުތައް ދައްކާލުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދާ "ފަރުކޮއެ" މަޝްރުއޫގެ ދަށުން ފުވައްމުލައް ސިޓީގެ ޙާފިޒް އަޙްމަދު ސުކޫލްގެ އެކި ގްރޭޑް ތަކުގެ ދަރިވަރުންނަށް އެކި ގަޑި ތަކުގައި ކުރިޔަށް ގެންދިޔަ "ފަރުކޮއެ" ޕްރޮގްރާމް ނިންމާލާފަވަނީ މިއަދު ހެދުނު ފުވައްމުލައް ސިޓީގެ "އަރުފަންނު" ޞަރަޙައްދުންނެވެ.

"ފަރުކޮއެ" ޕްރޮގްރާމް ނިންމާލުމުގެ ގޮތުން ޙާފިޒް އަޙްމަދު ސްކޫލާއި، ފުލުހުންނާއި، ވަން ފުވައްމުލައް ޖަމްޢިއްޔާއާއި، ޖީއެން ވޮލެންޓިއަރސް ގުޅިގެން ވަނީ ފުވައްމުލައް ސިޓީގެ ހޭޅިފަށުގައި ތިބި ކުނި ނަގާ ސާފުކޮށްފައެވެ.

ފުވައްމުލައް ސިޓީގެ ޙާފިޒް އަޙްމަދު ސްކޫލުގައި "ފަރުކޮއެ" ޕްރޮގްރާމުގެ ޙަރަކާތްތައް ފެށީ މިމަހުގެ ސަތާރަވަނަ ދުވަހުގައެވެ. ޙާފިޒް އަޙްމަދު ސްކޫލުން ބުނީ ފަރުކޮއެ ޕްރޮގުރާމް ވަރަށް ކާމިޔާބު ކަމަށާއި، މި ޕްރޮގުރާމަށް ދަރިވަރުންނާއި ބެލެނިވެރިންގެ އެއްބާރުލުން ލިބުނު ކަމަށެވެ.