ޚަބަރު

ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭ - މެޓް


ރާއްޖޭގެ އުތުރާއި ދެކުނުގެ އަތޮޅުތަކުގެ އެކި ހިސާބަށް ވިއްސާރަ ކުރާނެކަމަށާ، ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކެރީގެ އަސަރުކުރާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުން ބުނެފައިވަނީ މެދުތެރޭގެ އަތޮޅުތަކަށް ވައިޖެހޭނެކަމަށް ލަފާކުރެވެނީ ހުޅަނގު އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައިކަމަށެވެ. އެހެންނަމަވެސް ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށްވެސް އެއޮފީހުން ލަފާކުރެއެވެ.

މޫސުމާބެހޭ އިދަރާއިން ރޭ ވަނީ ލ.އަތޮޅައި އައްޑޫސިޓީއާ ދެމެދުގެ އަތޮޅުތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭތީ ވައިޓް އެއލަރޓްވެސް ނެރެފައެވެ. މި އެލަރޓް ނެރެފައިވަނީ ރޭ ފަތިހު ހަތަރުގަޑި ތިރީހާއި ހަމައަށެވެ.