ޚަބަރު

ވޯލްޑް ޓްރެވެލް އެވޯޑްސްގެ ސަރަހައްދީ 3 އެވޯޑެއް ރާއްޖެއަށް ލިބިއްޖެ


ވޯލްޑް ޓްރެވެލް އެވޯޑްސްގެ އެފްރިކާ އަދި އިންޑިއާ ސަރަހައްދުގެ ގާލާ އެވޯޑް ހަފްލާގައި ސަރަހައްދީ 3 އެވޯޑެއް ރާއްޖެއަށް ލިބިއްޖެއެވެ.

ސައުތު އެފްރިކާގެ ޑަރބަން އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރުގައި ރާއްޖެއަށް ލިބިފައިވަނީ އިންޑިއާ ކަނޑުގެ ލީޑިންގ ބީޗް ޑެސްޓިނޭޝަންގެ އެވޯޑާއި ލީޑިންގ ޑައިވް ޑެސްޓިނޭޝަންގެ އެވޯޑާއި އިންޑިއާ ކަނޑުގެ ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑެވެ.

ރާއްޖެއިން މިއެވޯޑް ކާމިޔާބުކޮށްފައި ވަނީ ސީޝެލްސް އަދި މޮރީޝަސްފަދަ ޤައުމުތަކާ ވާދަކޮށްގެންނެވެ.

މި އެވޯޑް ހަފްލާއަކީ އިންޑިއާ އަދި އެފްރިކާ ސަރަހައްދުގައި ދެވޭ އެންމެ ޝަރަފްވެރި އެއް އެވޯޑެވެ. މި ހަފްލާއަށް ސަރަހައްދުގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ އިސް ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ. މި އެވޯޑް ހަފްލާ ބާއްވާފައިވަނީ މިމަހުގެ ކުރީކޮޅުއެވެ.

ވޯލްޑް ޓްރެވެލް އެވޯޑަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތްކުރިއަރުވައި މިސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންދޭ އެވޯޑެކެވެ. މިއީ މި އެވޯޑުދޭ 25 ވަނަ އަހަރެވެ.