ޚަބަރު

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ސްޓަރސް ލިޓްލް މެއިޑުންނާއި ގާރލްގައިޑުން ހުވާކޮށްފި


ބ އަތޮޅު ތަޢުލީމީ މަރުކަޒުގެ ،ސްޓާރސް، ލިޓިލްމެއިޑުންނާއި ގާލްގައިޑުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މިރަސްމިއްޔާތުގައި 32 ސްޓަރ ކުދިންނާ، 34 ލިޓިލްމެއިޑުންނާއި، 19 ގާރލް ގައިޑުން ހުވާކުރިއެވެ.

ބ އަތޮޅު ތަޢުލީމީ މަރުކަޒުގެ ،ސްޓާރސް، ލިޓިލްމެއިޑުންނާއި ގާރލްގައިޑުން ހުވާކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި 26 ސްޓަރ ކުދިންނާއި، ޙަރަކާތުގައި އަލަށް ބައިވެރިވި ލިޓިިލް މެއިޑުންނާއި، 19 ލިޓިލްމެއިޑުން، ގާރލްގައިޑުންނަށް ވަނީ ބަދަލުކޮށްފައެވެ.

މިދަރިވަރުންނަށް ފްލައިން ބެޖް ޙަވާލުކޮށްދެއްވީ ބ އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕީޓީއޭގެ މެންބަރުންނާ، އެ މަރުކަޒުގެ މުސްކުޅި ދަރިވަރުންގެ އިތުރުން ގާރލްގައިޑް އެޝޯސިއޭޝަންގެ ކަނބަލުންނެވެ. މި ރަސްމިއްޔާތުގައި 87 ލިޓިލްމެއިޑަކާ، 50 ގާލްގައިޑުން ވަނީ ބެޖް ޙާޞިލު ކޮށްފައެވެ.

މި ރަސްމިއްޔާތުގައި ގާރލްގައިޑް އަދި ލިޓްލްމެއިޑުންގެ އެކްޝަން ސޯންގް ކިޔުންއޮތެވެ.