ޚަބަރު

ބ.އަތޮޅު މަދަރުސާގެ ސްކައުޓުން އެމޭޗަރ ރޭޑިއޯ ބޭނުންކޮށްގެން ފުރަތަމަ ފަހަރަށް ޖޮޓާ ޖޮޓީ ހަރަކާތްފަށައި.


ދުނިޔޭގެ ސްކައުޓް ޖަމުއްޔާއިން ކޮންމެ އަހަރަކު އިންތިޒާމު ކުރާ ޖޮޓާ ޖޮޓީ (ޖަމްބޮރީ އޮން ދަ އެއަރ އަދި ޖަމްބޮރީ އޮން ދަ އިންޓަނެޓް) ބ.އަތޮޅު މަދަރުސާގެ ސްކައުޓް ގްރޫޕް ކަމަށްވާ ފަސްޓް ބ ސްކައުޓް ގްރޫޕުން މިއަދު ފަށައިފިއެވެ.

ބ.އަތޮޅު މަދަރުސާގެ 95 ސްކައުޓުން ބައިވެރިވާ މިޙަރަކާތް އެސްކޫލުގައި ކުރިޔަށް ގެންދަނީ ދެ ދުވަހުގެ މުއްދަތަކަށެވެ. މިޙަރަކާތަކީ ކޮންމެ އަހަރަކުވެސް އިންތިޒާމު ކުރާހަރަކާތެކެވެ. އެގޮތުން ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހެއްގެ ތިންވަނަ ހަފުތާ ބަންދުގައި ކުރިއަށް ގެންދާ މިހަރަކާތް ކުރިއަށްގެންދަނީ، މޯލްޑިވްސް އެމޭޗަރ ރޭޑިއޯ ސޮސައިޓީ ގެ އެހީތެރިކަމާއި އެކުގަކަމަށް ދަރަވަންދޫ ސުކޫލުން މައުލޫމާތުދެއެވެ.

ދުނިޔޭގެ ސްކައުޓް ޖަމްޢިއްޔާއިން ކޮންމެ އަހަރަކު އިންތިޒާމުކުރާ މިޙަރަކާތަކީ ސްކައުޓް ދަރިވަރުންނަށް ދުނިޔޭގެ އެކި ޞަރަޙައްދުތަކުގައި ޙަރަކާތްތެރިވާ ސްކައުޓުންނާއި ގާރލްގައިޑުންނަށް އިންޓަރނެޓާއި އެމޭޗަރ ރޭޑިއޯގެ ޒަރީއާއިން މުވާޞަލާތު ކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ހިންގޭ ޙަރަކާތެކެވެ.

ޖޮޓާ ޙަރަކާތް ފަށާފައިވަނީ މީގެ 60 އަހަރު ކުރިންނެވެ. މިގޮތުން މިއަހަރު މި ހިންގަނީ ޖަމްބޮރީ އޮން ދަ އެއަރ ގެ 61 ވަނަ ޖަމްބޮރީއެވެ. އަދި ޖޮޓާ ގެ 22 ވަނަ ޖަމްބޮރީއެވެ.