ޚަބަރު

އިންތިޚާބީ ރައީސް ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ބައްދަލުކުރައްވައިފި


އިންތިޚާބީ ރައީސް އިބްރާހިމް މުޙައްމަދު ސާލިހް، ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔަޑް) ވަސީމް އަކްރަމާ ބައްދަލުކުރައްވައިފިއެވެ.

އިންތިހާބީ ރައީސްގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައިވަނީ ދެޤައުމުގެ މެދުގައިވާ ދޭދޭ ގުޅުން އިތުރަށް ހަރުދަނާ ކުރުމާބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އިބްރާހިމް މުޙައްމަދު ސާލިޙް ޕާކިސްތާނުގެ ސަފީރާއި ބައްދަލުކުރައްވާފައިވާއިރު، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވެސް ވަނީ ފޯނުން ގުޅުއްވާ އިބްރާހިމް މުޙައްމަދު ޞާލިޙަށް މަރުޙަބާ ދަންނަވާފައެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން ބޭރުގެ ޤައުމުތަކުންނާ، ބައެއް ޤައުމުގެ ސަފީރުން، އަދި ބައިނަލްއަޤުވާމީ ޖަމްޢީއްޔާ ޖަމާޢާތްތަކުގެ މަންދޫބުން އަންނަނީ އިބްރާހިމް މުޙައްމަދު ޞާލިޙަށް މަރުޙަބާގެ މެސެޖުތައް ފޮނުއްވަމުންނެވެ.