ޚަބަރު

ރައީސް ނަޝީދު ސަޢުދީޢަރަބިއްޔާއަށް ފުރާވަޑައިގެންފި


ސަޢުދީޢަރަބިއްޔާގެ ރަސްގެފާން ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ދަޢުވަތަކަށް ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެ ޤައުމަށް ފުރާވަޑައިގެންފިއެވެ.

ރައީސް ނަޝީދުގެ އަރިހުގައި މި ދަތުރުފުޅުގައި އެމަނިކުފާނުގެ ސަރުކާރުގެ ފޮރިންގ މިނިސްޓަރ އަޙްމަދު ނަސީމްވެސް ބައިވެރިވެވަޑައިގަންނަވައެވެ. ރައީސް ނަޝީދު ސަޢޫދީ ރަސްގެފާނުގެ ދަޢުވަތަކަށް ސަޢުދީއަރަބިއްޔާއަށް ފުރާވަޑައިގެންފައިވާއިރު، ދަތުރުފުޅުގެ އިތުރުތަފްސީލް އެމަނިކުފާނުވެސް އަދި އެމްޑީޕީންވެސް ހާމަކޮށްފައެއްނުވެއެވެ.

ރައިސް ނަޝީދު ސަޢުދީއަށް ވަޑައިގަންނަވާއިރު، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައި ސައުދިއަރަބިއްޔާ އާއި ދެމެދު އޮންނަނީ ވަރަށް ބަދަހި ގުޅުމެއްކަން ފާހަގަކުރެވެއެވެ.

ސެޕްޓެމްބަރު މަހުގެ 23ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް ކާމިޔާބުކުރެއްވުމައި ގުޅިގެން ސައުދިއަރަބިއްޔާއިންވަނީ އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައެވެ. އަދި ދެޤައުމުގެ ދެމެދު ގުޅުން އިތުރަށް ބަދަހިކުރައްވާނެކަމަށްވެސް ސަޢުދިއަރަބިއްޔާ އިން ވަނީ ބުނެފައެވެ.