ޚަބަރު

ރާއްޖެއަށް ކުރި ވިއްސާރައިގައި ގޮއިދޫ ދަނޑުތަކަށް ގެއްލުންތަކެއްވެއްޖެ


ދަނޑުވެރިކަމުން ނަފާ ހޯދަމުން އަންނަ ކޮންމެ މީހަކަށްވެސް ރާއްޖެއަށް ކުރި މޫސުމީ ވިއްސާރައިގެ ސަބަބުން ގެއްލުން ތަކެއް ލިބުނެވެ. އެކި މިންވަރަށް ގެއްލުންތައް އެކި ފަރާތްތަކަށް ލިބުނު ނަމަވެސް، ދެހާސްދެވަނަ އަހަރުން ފެށިގެން ފުޅާ ދާއިރާއެއްގަ ދަނދުވެރިކަން ކުރަމުން އަންނަ މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫގަ ދަނޑު ހައްދާ ބައެއް ފަރާތްތަކުން ބުނީ މިދުވަސްވަރު ރާއްޖެއަށް މި ކުރި މޫސުމީ ވިއްސާރައިގައި ބޮޑެތި ގެއްލުންތަކެއް ދަނޑުތަކަށް ލިބިފައިވާކަމަށެވެ. އެގޮތުން ވިއްސާރައިގެ ސަބަބުން ދަނޑުތަކުގައި ހައްދާފައި ހުރި ގިނަ ތަކެތި ހަލާކުވެގެން ދިއުމުގެ އިތުރުން ކަނޑު ގަދަވުމުގެ ސަބަބުން ރަށްރަށަށް ތަކެތި ފޮނުވޭނޭ ގޮތެއްވެސް ނެތްކަމަށް ދަނޑުވެރިން ބުޏްނެވެ.

"ހަތަރު ދަނޑު ހައްދަން.. ކޮންމެ ދަނޑަކުން 15000 ވަރަކަށް ހާސް ރުފިޔާގެ ގެއްލުން ހަމަ، މި ވިއްސާރައިގަ ދިމާވި ގޮތްއެއީ އަހަރެމެންނަށް، ވިއްސާރަވީމަ ވާގޮތަކީ މާޖެއްސީމާ އެއްވެސް އެއްޗެއް ނާންނަނީ، ދެން ވަޔާ ކެރިއާ އައިމާ މުޅިދަނޑު އެއްކޮށްމަރުވީ އަވި ނުދިއްލަންޏާ ވަރަށް ބޮޑު މަސަލައެއް އެއީ، ދަނޑު ހައްދަން ގެންގުޅެނީ ބިދޭސީން އެމީހުން ގެންގުޅެނީމި 4500 އާ ރުފިޔާ ދީގެން މި ތިންމަސްދުވަހު ދާނީ ޖީބުންހަމަ، ދަނޑުތަކުން އެއްޗެއް ނުލިބޭނެތާ ވިއްސާރަ ވީމަ" ގޮއިދޫ ދަނޑުވެރިޔަކު ބުންޏެވެ.

ގޮއިދޫގައި ދަނޑު ހައްދައިގެން ނަފާ ހޯދަމުންދާ އާއިލާތައް މަދެއްނޫނެވެ. ކަން މިހެން ހުރި ނަމަވެސް ގަސް ހެއްދުމަށް ބޭނުންކުރާ ކާނާއާއި ބޭސް ބާޒާރުގައި އަގު ބޮޑުކަމުގެ ޝަކުވާއަކީވެސް ގޮއިދޫގެ ދަނޑުވެރިންގެ ޝަކުވާއެކެވެ. މިރަށު ދަނޑުވެރިން ބާޒާރަށް ނެރޭ އާންމު ބާވަތްތަކަކީ. ކަރާ، ބަޓާނާ، މިރުސް ޗިޗަންޑާއާ ފާގައިގެ އިތުރުން ކިޔުކަމްބާއާ ބަށްޓެވެ. ފަތްޕިލާވެލީގެ ބާވަތްތަކަށް ބަލާލާއިރު ކޮޕީފަތާ ލެޓިއުސް ބާޒާރަށްނެރެ ރަގަޅު އާމްދަނީއެއް ހޯދާ މިރަށުގެ ދަނޑުވެރިންނަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލަކީ މިކަމަށް ބޭނުންވާތަކެތި ރަށުން ހެޔޮ އަގެއްގައި ލިބެން ނުހުރުމާ، ހައްދާ ބާވާތްތައް ބޭރުކުރުމުގައި ދިމާވާ ދަތިތައް ކަމުގަ އެމީހުން ބުންޏެވެ.

"ވަރަށް ގިނަ މީހުން އެބައުޅޭ ދަނޑު ހައްދާ، އަދި ހެއްދުމަށް މަސައްކަތްފަށަމުންދާ ވެސް، ފުޅާ ނުވެވެނީ މިބުނާގޮތުން ގެރިގުޔާ ބޭސް ލިބުން ދަތިވާތީ ހަމަ، ގެރިގުއި ލިބޭނެ ފަސޭހަ ގޮތެއް ނެތީމަ މައްސަލައަކީ، މީހުން ކައިރީގައި ސަލާންޖަހައިގެން ގެރިގުއި ހޯދަންވީމަ ލިބޭނީ މިކަހަލަ އަގުތަކެއްގައި" ގޮއިދޫ ދަނޑުވެރިޔަކު ބުންޏެވެ.

މާލޭގެ ބާޒާރުގެ އިތުރުން އަތޮޅުގެ ބައެއް ރައްތަކަށް ވަނީ މިރަށުގެ ދަނޑުވެރިން ކުރަމުންއައި މަސައްކަތުގެ ފޮނިރަހަލާފައެވެ. އެގޮތުން އެއަތޮޅު ވެރިކަން ކުރާ، އޭދަފުއްޓާއި، ތުޅާދޫ ފަދަ އާބާދީ ބޮޑެތި ރަށްތަކަށް ގޮއިދޫ ދަނޑުވެރިން ތަކެތި ބޭރުކުރަމުންދާ އިރު، އަތޮޅުގައި އޮތް 16 ރިސޯޓަށް ސަޕްލައިކޮށް އެމީހުން ދަނޑުވެރިކަމުން ހައްދާ ބާވަަތްތައް މާކެޓް ކުރެވުން އެއީ މިރަށުގެ ދަނޑުވެރިންގެ އެންމެ ބޮޑުއެއް އުންމީދުކަމުގައި ގޮއިދޫގެ ރައްޔިތުން ދެކެއެވެ.