ޚަބަރު

ބީއެމްއެލްއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށްފި


ބޭންކް އޮފް މޯލްޑިވްސްއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށްފިއެވެ. ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި ބޭންކަށް 15، 20، 25، 30 އަދި 35 އަހަރު ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް އެވޯޑް ހަވާލުކޮށްދެއްވާފައިވަނީ ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީއެވެ.

ޖުމްލަ 37 މުވައްޒަފަކަށް ޙިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން އެވޯޑް ދީފައިވާއިރު، 35 އަހަރު ބޭންކަށް ޚިދުމަތްކޮށްދީފައިވާ ހެޑް އޮފް އިންޓަރނަލް އޮޑިޓް ފާތިމަތު ރަޝީދާ އަށް ވަނީ ޚާއްސަ އެވޯޑެއް ދީފައެވެ.

އެވޯޑް ލިބުނު ފަރާތްތަކާ މުޚާތަބްކޮށް ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ވަނީ އެ މުވައްޒަފުން ވޭތުވެދިޔަ އަހަރުތަކުގައި ބޭންކަށް ކޮށްދެއްވި މިންނަތް މަސައްކަތަށް ޝުކުރު ދަންނަވާފައެވެ. އަދި އެ ބޭންކަށް ލިބޭ ކާމިޔާބީގައި މުވައްޒަފުންގެ ދައުރު ބޮޑުކަން ވަނީ ފާހަގަކުރައްވާފައެވެ.

ދިގު މުއްދަތަށް ބޭންކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް އެކަން ފާހަގަކުރުމަށް ފުރަތަމަ އެވޯޑް ދީފައިވަނީ 2015 ވަނަ އަހަރުގައެވެ. އެހަފްލާގައި ކޮންމެ އަހަރަކު އެއްފަހަރު މިފަދަ ހަފްލާއެއް ބާއްވާ، ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް އެވޯޑް ދިނުމަށް ބޭންކުންވަނީ ނިންމާފައެވެ. " އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ވެސް ބީއެމްއެލްއިން ވަނީ ޖެހިޖެހިގެން ދެވަނަ ފަހަރަށް ހޯދާފައެވެ.