ޚަބަރު

ތިންހާހަށްވުރެ ގިނަ ދަރިވަރުންނާއެކު، އެޑެކްސެލް އޭލެވެލް އާއި އެޗްއެސްސީ އިމްތިޙާން ފަށައިފި


3000 އަށްވުރެ ގިނަ ދަރިވަރުންނާއެކު، އެޑެކްސެލް އޭލެވެލް އާއި އެޗްއެސްސީ އިމްތިޙާން ރާއްޖޭގައި ފަށައިފިއެވެ.

މިއަހަރު އެޑެކްސެލް އޭލެވެލް އިމްތިހާނުގައި ރާއްޖެއިން 3384 ދަރިވަރުން ބައިވެރިވެފައިވާކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން މަޢުލޫމާތުދެއެވެ. މީގެ ތެރޭގައި ހިމެނެނީ ސްކޫލްތަކުން ބައިވެރިވި 3283 ދަރިވަރުންނާއި އަމިއްލަގޮތުން ބައިވެރިވި 101 ކެންޑިޑޭޓުންނެވެ.

ޑިޕާޓްމަންޓް އޮފް އެގްޒަމިނޭޝަނުން ބުނީ، 52 ސެންޓަރެއްގައި މިއަހަރުގެ އޭ ލެވެލް އިމްތިހާނު ކުރިޔަށްގެންދާނެކަމަށެވެ. އެގޮތުން އިމްތިހާން ކުރިއަށްދާނީ މާލޭގެ 6 ސްކޫލަކާއި އަތޮޅުތެރޭގެ 45 ސްކޫލާއި ޕްރައިވެޓް ސެންޓަރެއްގައިކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ބުނެއެވެ.

މިއަހަރު އެޗްއެސްސީ އިމްތިޙާނުގައި ރާއްޖެއިން 1676 ދަރިވަރުން ބައިވެރިވެފައިވާކަމަށްވެސް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ބުނެއެވެ.

2017 ވަނަ އަހަރުން ފެށިގެން އެޑެކްސެލް އޭލެވެލް އިމްތިޚާނު ބާއްވަމުންދަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރުމަހާއި ނޮވެންބަރު މަހުގެ ތެރޭގައެވެ.