ޚަބަރު

ބަންގްލަދޭޝް އެމްބަސީން ބޭއްވި 4 ވަނަ ޑިވަލޮޕްމެންޓް ފެއަރ ނިންމާލައިފި


އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ތަރައްޤީ ވަމުން އަންނަ ޤައުމުތަކުގެ ލިސްޓަށް ބަނގްލަދޭޝް ކުރިއެރުމުގެ އުފާ ފާޅުކުރުމަށް ރާއްޖޭގައި ބޭއްވި 4 ވަނަ ޑިވެލޮޕްމެންޓް ފެއަރ ނިންމާލައިފިއެވެ.

ބިލަބޮންގް ހައި އިންޓަނޭޝަންލް ސްކޫލް ހޯލްގައި ބޭއްވި މިފެއަރ ފައްޓަވައިދެއްވީ ރާއްޖޭގައި ހުންނަވާ ބަންގްލަދޭޝް ސަފީރު ރިއަރ އެޑްމިރަލް އަޚްތަރް ހަބީބެވެ. ރާއްޖޭގައި ހުންނަ ބަންގަލަދޭޝް އެމްބަސީއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ މިފެއަރގެ ތެރެއިން ވަނީ ބަންގްލަދޭޝްގެ މިނިވަންކަމަށް 50 އަހަރު ފުރުނުއިރު އެޤައުމުން ހޯދާފައިވާ ކާމިޔާބީ ދައްކުވައިދީފައިވެއެވެ.

މި ފެއަރއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ރާއްޖޭގައި ހުންނަ ބަންގްލަދޭޝް އެމްބަސީގެ ތަރޑް ސެކެރެޓަރީ ޑރ. މުޙައްމަދު ހާރޫނުއްރަޝީދް ވިދާޅުވީ 2015 ވަނަ އަހަރު ބަންގްލަދޭޝް ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން ތަރައްޤީ ވަމުން އަންނަ ޤައުމުތަކުގެ ލިސްޓްގައި ހިމެނޭ ޤައުމަކަށްވެފައިވާއިރު، މިހާރު އެޤައުމުން މަސައްކަތްކުރަނީ 2041 ވަނަ އަހަރު އަންނަންވާއިރަށް ތަރައްޤީވެފައިވާ ޤައުމެއްގެ ޝަރަފު ލިބިގަތުމަށް ކަމަށެވެ.

މި ފެއަރގެ ތެރެއިން ބަންގްލަދޭޝްގެ ތަފާތު ގިނަ އުފެއްދުންތަށްވެސް އާންމުނަށް ދައްކާލާފައިވެއެވެ.