ޚަބަރު

ރާއްޖޭގެ ފުރަތަމަ އޮންލައިން ޓްރެވަލް އެޖެންސީ، ޓްރެވަލަރ.އެމްވީ ލޯންޗްކޮށްފި


ރާއްޖޭގެ ފުރަތަމަ އޮންލައިން ޓްރެވަލް އެޖެންސީ، ޓްރެވަލަރ ޑޮޓް އެމްވީ ލޯންޗްކޮށްފިއެވެ.

މިއީ ފަތުރުވެރިކަމުގެ އެކި ޚިދުމަތްތައް ފޯރުކޮށްދޭ ޚާއްސަ ކުންފުންޏެއްކަމަށްވާ ލަނިއަކޭއާ ޓްރެވަލުން ހިންގާ ވެބްސައިޓެކެވެ. ޓްރެވަލަރ ޑޮޓް އެމްވީ އަކީ ފަތުރުވެރިންނަށާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދޭ ވެބްސައިޓެއްކަމަށް ލަނިއަކޭއާ ޓްރެވަލުން މަޢުލޫމާތުދެއެވެ.
މިވެބްސައިޓް މެދުވެރިކޮށް ފަތުރުވެރިންނަށް ރާއްޖޭގެ ރިސޯޓު، ހޮޓާ، ގެސްޓްހައުސް އަދި ސަފާރީތަކުގެ ބުކިންގް ހެދުމާއި ފައިސާ ދެއްކުމުގެ ޚިދުމަތް ލިބޭނެކަމަށް އެ އޭޖެންސީން މައުލޫމާތުދެއެވެ. އަދި ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް މިވެބްސައިޓުގައި އެފަރާތްތަކުގެ ޚިދުމަތްތައް ޝާއިރުކޮށް، ވިއްކޭނެކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

ޓްރެވަލަރ ޑޮޓް އެމްވީއަކީ އިންޑިއާގެ ޓެކްނޮލޮޖީއަށް ޚާއްސަ ކުންފުންޔެއްކަމަށްވާ އެކްސިސްރޫމާ ގާތުން މަސައްކަތްކުރާ ވެބްސައިޓެކެވެ. ޓްރެވަލަރ ޑޮޓް އެމްވީއާއެކު ޕާޓްނަރޝިޕް ޤާއިމްކުރުމުގެ ފުރުސަތު މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ފަރާތްތަކަށްވަނީ ހުޅުވާލާފައެވެ.