ޚަބަރު

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މުޙައްމަދު ޙުސައިން ޝަރީފް އިންތިޚާބުކޮށްފި


ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު މުޙައްމަދު ޙުސައިން ޝަރީފް އިންތިޚާބުކޮށްފިއެވެ.

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި މީގެކުރިން ހުންނެވީ ރައްޔިތުން މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ ޢަބްދުﷲ ޚަލީލެވެ. ނަމަވެސް ޑރ ޚަލީލްގެ ބަދަލުގައި އެ މަޤާމަށް މުޙައްމަދު ޙުސައިން ޝަރީފް އިންތިޚާބު ކޮށްފައިވަނީ، މިދިޔަ ހުކުރު ދުވަހު ބޭއްވި އެ ޕާޓީގެ ކޮންގްރެސްގައި ކައުންސިލް މެމްބަރަކަށް ޚަލީލް އިންތިހާބު ކޮށްފައި ވާތީއެވެ.

ޕީޕީއެމްގެ އަސާސީ ޤަވާއިދު ބުނާގޮތުން ކައުންސިލްގައި ހިމެނޭ ބޭފުޅަކަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމެއް އަދައެއް ނުކުރެވޭނެއެވެ.

ޕީޕީއެމްގެ އޮފީހުގައި އިއްޔެ ހަވީރު ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މުޙައްމަދު ޙުސައިން ޝަރީފް އިންތިޚާބޮށްފައިވަނީ އެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.